ދިވެހި|English Jul 10, 2026 · 01:38
Top banner
Advertisement
މިޔަރެއް ދަތް އެޅުމުގެ ސަބަބުން ފަތުރުވެރިއެއްގެ ފައި ބުރިކޮށްލައިފި
News

މިޔަރެއް ދަތް އެޅުމުގެ ސަބަބުން ފަތުރުވެރިއެއްގެ ފައި ބުރިކޮށްލައިފި

މމުހައްމަދު އަލީApr 16, 2026
ގއ. ކޫއްޑޫ ކައިރީގައި މޫދަށް އެރި އުޅުނު ފަތުރުވެރިއަކަށް މިޔަރެއް ހަމަލާދީފިއެވެ. މިމައްސަލަށް ފުލުހަސް ރިޕޯޓުކޮށްފައިވަނީ 2026 އޭޕްރީލް 11 ވަނަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި ކަމަށް ފުލުހުން ވިދާޅުވިއެވެ. މި ހާދިސާގައި އަނިޔާވެފައިވަނީ ސްޕެއިންގެ ފިރިހެން ފަތުރުވެރިއަކަށެވެ. މިޔަރުގެ ހަމަލާއަށްފަހު އޭނާއަށް ފަރުވާދިނީ ގއ. އަތޮޅު ހޮސްޕިޓަލުގެ އައި.ސީ.ޔޫގައެވެ. އިތުރު ފަރުވާއަށް އޭނާ ވަނީ މާލެ ގެނެސްފައެވެ. މި ހަމަލާގައި ފަތުރުވެރިޔާގެ ދެ ފަޔަށްވެސް ބޮޑެތި ޒަޚަމްތަކެއް ލިބިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. ދެ ފައިގެ ތެރެއިން އެއްފައިވަނީ ބުރިކޮށްލައިފައި ކަމަށް ފުލުހުން ވިދާޅުވިއެވެ. މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ. އަދި ފުރިހަމަކުރަންޖެހޭ އިޖުރާއީ ކަންކަމާއި ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ކުރާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

Related News