ދިވެހި|English Aug 24, 2026 · 08:44
Top banner
Advertisement
ބައްސާމުގެ ދެ އެޕާޓުމަންޓު ފުލުހުންގެ ބެލުމުގެ ދަށަށް
News

ބައްސާމުގެ ދެ އެޕާޓުމަންޓު ފުލުހުންގެ ބެލުމުގެ ދަށަށް

އއަހުމަދު މުހައްމަދުOct 4, 2024
ބައްސާމު އަލީޖަލީލުގެ ދެ އެޕާޓުމަންޓު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމުގެ މަސައްކަތް ފަށައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން ވިދާޅުވީ ހަވާލުވާން މަސައްކަތް ކުރަމުންދަނީ ހުޅުމާލޭ އަމީން އެވެނިއުގެ 2 އެޕާޓުމެންޓާ ކަމަށެވެ. މިއީ ބައްސާމުގެ މިލްކިއްޔާތުގައިވާ ދެ އެޕާޓްމެންޓެވެ. ފުލުހުން މިމަސައްކަތް ފެށީ އޮކްޓޮބަރު 6 ވަނަ ދުވަހުގެ ކުރީން އެ ދެތަން ފުލުހުންނާ ހަވާލު ކުރިމަށް ކޯޓުން އަމުރު ކުރެއްވުމުންނެވެ. ކޯޓުން އެ އަމުރު ނެރުއްވީ މިއަހަރު ސެޕްޓެމްބަރު 28 ވަނަ ދުވަހު އެވެ. ގަލޮޅު ފެހިވާގޭ ބައްސާމަކީ އަލީ ޖަލީލަކީ ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޚިޔާނާތުގެ މައްސަލާގައި ތުހުމަތު ކުރެވޭ މީހެއް ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

Related News