ދިވެހި|English Aug 24, 2026 · 08:06
Top banner
Advertisement
ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ވިސްނުމެއްނެތް: ޑރ. ޚަލީލް
News

ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ވިސްނުމެއްނެތް: ޑރ. ޚަލީލް

ޟޟަމްރަތު އަހްމަދުApr 25, 2026
ކުރީގެ ފޮރިންމިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލު 2028 ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާކަމަށް ބުނެ ފޭސްބުކުގައި ފަތުރަމުން ގެންދާ ޚަބަރު އޭނާ ދޮގުކުރައްވައިފިއެވެ. ޑރ. ޚަލީލް ވިދާޅުވީ އެއީ ފޭސްބުކުގައި ބަޔަކު ދައުރުކުރަމުންދާ އެއްވެސް އަސާސެއްނެތް ވާހަކަތަކެއް ކަމަށެވެ. "އެއީ މުޅިންވެސް ފޭކުވާހަކަތަކެއް. އެފަދަ ވިސްނުމެއް ނުގެންގުޅެން. އަޅުގަނޑުގެ ނަމުގައި އެފަދަ އަސާސެއްނެތް ވާހަކައެއް ފަތުރަމުން ދިއުމަކީ ކަންބޮޑުވާ ކަމެއް،" އެމަނިކުފާނު ވިދާޅުވިއެވެ. އެވާހަކަތައް "ފޭސްބުކަށް ރިޕޯޓް ކުރުމަކީ އަޅުގަނޑު އެދޭކަމެއް،" ޑރ. ޚަލީލް ވިދާޅުވިއެވެ. ޑރ. ޚަލީލަކީ މި ސަރުކާގެ ހެލްތު މިނިސްޓަރު ކަމާއި ފޮރިން މިނިސްޓަރު ކަން ކުރައްވާފައިވާ ބޭފުޅެކެވެ. އޭގެ ކުރިން އެމަނިކުފާނު ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަންވެސް ކުރައްވައިފައެވެ. އޭގެ އިތުރުން ރައީސް މައުމޫނުގެ ވެރިކަމުގައި ޑރ. ޚަލީލް ވަނީ، ނ. އަތޮޅުގެ އަޅުވެރިކަމާއި، އއ. އަތޮޅުގެ އަތޮޅުވެރިކަން ކުރައްވައިފައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ސިވިލްސަވިސް ކޮމިޝަނުގެ އެސްޖީކަން ވެސް ކުރައްވާފައެވެ.

Related News