ދިވެހި|English Aug 24, 2026 · 08:05
Top banner
Advertisement
ބިރުދައްކައިގެން މޮޅުވުމުގެ ފުރުސަތު ނޫސްވެރިން ދީގެން ނުވާނެ: ރައީސް ސާލިހް
News

ބިރުދައްކައިގެން މޮޅުވުމުގެ ފުރުސަތު ނޫސްވެރިން ދީގެން ނުވާނެ: ރައީސް ސާލިހް

މމުހައްމަދު އަލީMay 3, 2026
ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގައި ނަޒާހަތްތެރިކަމާއި އަޒުމާއެކު ޚަބަރާއި މައުލޫމާތު ފެތުރުމުގައި ހީވާގިކަމާއެކު ހަރަކާތްތެރިވާ ދިވެހި ނޫސްވެރިންނަށް ސެލިއުޓު ކުރައްވާ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. ޕްރެސްފްރީޑަމްޑޭއާ ބެހޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ "އަޅުގަނޑުމެންގެ ޒުވާން ޑިމޮކްރަސީއަށް މިނިވަން ނޫސްވެރިކަމެއް ވަރަށް މުހިންމު،" ކަމަށެވެ. ރައީސް ސާލިހު ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ސަރުކާރުގައި މޯލްޑިވްސް ގްލޯބަލް ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެވަނީ 120 ވަނައިން 72 ވަނައަށް ޖަމްޕުކޮށްފައި ކަމަށެވެ. މިއީ އެމަނިކުފާނުގެ ވެރިކަމުގައި މިދާއިރާއިން ނަތީޖާ ލިބުނު ކަމުގެ ހެއްކެއް ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. "މިއަދު ނިއުސްރޫމްތަކަށް ވަދެ، އެޑިޓަރުން ދަތުރުކުރުން މަނާކޮށް، ހަގީގަތާ ދެކޮޅަށް ހަރުކަށި ގާނޫނުތައް ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަމުންދާއިރު ނޫސްވެރިން ތިބެން ޖެހެނީ ހިތްވަރާއި ޔަގީންކަމާއެކުގައި. ބިރުދައްކައިގެން މޮޅުވާން ފުރުޞަތު ދީގެން ނުވާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

Related News