ދިވެހި|English Aug 24, 2026 · 08:05
Top banner
Advertisement
އަބުރު ރައްކާތެރު ކުރުމަށް ދައުވާ ކުރަން ދަސްކުރޭ: ރައީސް ޔާމީން
News

އަބުރު ރައްކާތެރު ކުރުމަށް ދައުވާ ކުރަން ދަސްކުރޭ: ރައީސް ޔާމީން

ޟޟަމްރަތު އަހްމަދުMay 13, 2026
"އަދަދު' ނޫހުގެ ދެ ނޫސްވެރިއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މައްސަލައިގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކަންބޮޑުވުން ފާޅުކުރައްވައި، އެ ނޫސްވެރިން ވަގުތުން މިނިވަންކުރުމަށް ގޮވާލައްވައިފިއެވެ. ނޫސްވެރީން ކުރަމުންދަނީ ގައުމީ މަސައްކަތެއް ކަމަށާއި އަބުރު ރައްކާތެރިކުރަން ބޭނުންވާ ކަމަށްވާނަމަ އަބުރުގެ ދައުވާ ކުރަން ދަސްކުރަން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެދިވަޑައިގެންފިއެވެ. "ނޫސްވެރިން ކުރަނީ ގައުމީ މަސައްކަތެއް. އަބުރު ރައްކާތެރި ކުރުމުގެ ގޮތުން އަބުރުގެ ދައުވާ ކުރަން ދަސްކުރަމާތޯ" އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ނިންމައި އަދަދު ނޫހުގެ ދެ ނޫސްވެރިއަކު ޖަލަށްލުމުން އެކަމަށް ފާޑުވިދާޅުވެ ކުރެއްވި ސޯޝަލްމީޑިއާ ޕޯސްޓެއްގައެވެ. އޭގައި ރައީސް ޔާމީން ވިދާޅުވެފައިވަނީ ހައްޔަރުކޮށްފައިވާ ދެ ނޫސްވެރިން ވަގުތުން މިނިވަންކުރުމަށް ގޮވާލައްވައިފައެވެ.  

Related News