ދިވެހި|English Jul 9, 2026 · 15:20
Top banner
Advertisement
ރޭގެ އިހްތިޖާޖުގައި ފުލުހެއްގެ ލޯމަތި ފެޅި އަނިޔާވެއްޖެ
News

ރޭގެ އިހްތިޖާޖުގައި ފުލުހެއްގެ ލޯމަތި ފެޅި އަނިޔާވެއްޖެ

ޟޟަމްރަތު އަހްމަދުMay 14, 2026
ރޭ މާލޭގައި ކުރިއަށްދިޔަ އެއްވުމެއްގައި ފުލުހެއްގެ ލޯމަތި ފަޅައިގެން ގޮސްފިއެވެ. އޭނާއަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައި ކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުސް މީހާގެ ލޯމަތި ފަޅައިގެންދިޔައީ އެއްވުމުގެ ބައިވެރިން ފުލުހުންނާ ކުރިމަތިލައި ހިނގި ހަމަނުޖެހުމެއްގައި ކަމަށް ފުލުހުން ވިދާޅުވިއެވެ. ރޭގެ އިހްތިޖާޖުގައި 10 މީހަކު ވަނީ ފުލުހުންގެ ބަންދަށް ގެންގޮސްފައެވެ. އެމީހުން ބަންދު ކުރުމުން އެމްޑީޕީން ގެންދަނީ އެމީހުން ދޫކޮށްލުމަށް ގޮވާލަމުންނެވެ. މި އިހްތިޖާޖަކީ ޖަލަށްލާފައިވާ ދެ ނޫސްވެރިއަކު ދޫކޮށްލުމަށް ގޮވާލައި ބާއްވަމުންދާ ސިލްސިލާ މުޒާހަރާ ތަކެކެވެ.

Related News