ދިވެހި|English Jul 9, 2026 · 15:20
Top banner
Advertisement
ނޫސްވެރީން ދޫނުކުރާހާ ހިނދަކު ދުލެއް ނުދޭނަން: ރައީސް ނަޝީދު
News

ނޫސްވެރީން ދޫނުކުރާހާ ހިނދަކު ދުލެއް ނުދޭނަން: ރައީސް ނަޝީދު

ޟޟަމްރަތު އަހްމަދުMay 16, 2026
މިހާރު ބަންދުކޮށްފައިވާ ނޫސްވެރިން ދޫނުކުރައްވަނީސް ދުލެއް ނުދެއްވާނޭ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރައީސް ސާލިހާއި ރައީސް ޔާމީނާ އެކު މިރޭ ބޭއްވި ބައްދަލުވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ތިން ރައީސުން ވެސް ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަން ރާއްޖޭގައި ނުގެއްލޭ މިންވަރަށް މިހާރު ވަނީ ގެއްލިފައިކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. މިއީ ތިން ބޭފުޅުންނަށް ވެސް އެއްބަސްވެވޭ ކަމެއް ކަމަށް ވިދާޅުވިއެވެ. ތިން ބޭފުޅުން މިރޭ ބައްދަލުކުރެއްވީ ވެސް ނޫސްވެރިކަމުގެ މިނިވަންކަން އަނބުރާ ގެނެވޭނޭ ގޮތަކާމެދު ގޮތެއް ހޯއްދަވަން ކަމަށް  ތިން ބޭފުޅުން ވެސް ވިދާޅުވިއެވެ. މި ސަރުކާރުން މިހާރު ވަނީ ދެ ނޫސްވެރިއަކު ހައްޔަރުކޮށް ޖަލަށް ލައިފައެވެ. އޭގެ އިތުރުން ސޯޝަލް މީޑިއާގެ ބައެއް އެކްޓިވިސްޓުންވެސް ވަނީ ހައްޔަރުކޮށްފައެވެ. ކުރީގެ ތިން ރައީސުން ވެސް ވަނީ ހައްޔަރުކޮށްފައިވާ ނޫސްވެރިން ވަގުތުން ދޫކޮށްލުމަށް ގޮވާލައްވައިފައެވެ. "ނޫސްވެރީން ދޫނުކުރާހާ ހިނދަކު އަޅުގަނޑުމެން ވެސް މިތިބީ ދުލެއްދޭކަން ނޫން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

Related News