ދިވެހި|English Aug 24, 2026 · 08:06
Top banner
Advertisement
ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ނުވަ މީހަކު ބަންދުކޮށްފި
News

ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ނުވަ މީހަކު ބަންދުކޮށްފި

މމުހައްމަދު އަލީMay 18, 2026
މިހިނގާ 2026 ވަނައަހަރު މެއި 13 ވަނަ ދުވަހުގެރޭ މާލޭގައި ކުރިއަށްދިޔަ އެއްވުމެއްގެ ތެރެއިން، ފުލުހުންގެ ގާނޫނީ ވާޖިބަށް ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައި 9 މީހަކު ބަންދުކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ބަންދުކުރި މީހުގެ ތެރޭގައި ހިމެނެނީ ހަތް ފިރިހެނަކާއި، ދެ އަންހެނުން ކަމަށް ފުލުހުން ވިދާޅުވިއެވެ. އެމީހުން ބަންދު ކުރުމަށްފަހު ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ދެ އަންހެނުން ހިމެނޭހެން ހަ މީހަކު ވަނީ ދޫކޮށްލާފައި ކަމަށް ފުލުހުން ވިދާޅުވިއެވެ. ދެންތިބި 3 މީހުންގެ ތެރެއިން އެކަކު 3 ދުވަހަށް ބަންދު ކުރުމަށް އަމަރުވަނީ ނެރެފައެވެ. ދެންތިބި ދެމީހުންގެ ތެރެއުން އެކަކު ބަންދުކުރަން ދީފއިވަނީ ފަސް ދުވަހެވެ. އަނެކަކު 10 ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ކޯޓުން ބަންދުކުރަން އަމުރު ކުރި މީހުންގެ ތެރެއިން 3 ދުވަހަށް ބަންދު ކުރަން އަމުރު ކުރި މީހާ މިހާރު ވަނީ ދޫކޮށްލާފައި ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. މި މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

Related News