ދިވެހި|English Aug 24, 2026 · 08:44
Top banner
Advertisement
ރާޅާ އަޅަން ސާފާރީއަކުން މުދަށް ފޭބި ސްޕެއިންގެ ފަތުރުވެރިއަކު ނިޔާވެއްޖެ
News

ރާޅާ އަޅަން ސާފާރީއަކުން މުދަށް ފޭބި ސްޕެއިންގެ ފަތުރުވެރިއަކު ނިޔާވެއްޖެ

މމުހައްމަދު އަލީMay 18, 2026
ގދ. ވާދޫ ކައިރީގައި އޮތް ސަފާރީއަކުން، ރާޅާ އެޅުމަށް މޫދަށް ފޭބި ފަތުރުވެރިއަކު ގެނބިގެން ނިޔާވެއްޖެއެވެ. ފުލުހުން ވިދާޅުވީ މިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު މެންދުރު 12:57 އެހައިކަންހާއިރު ކަމަށެވެ. މި ހާދިސާގައި ގެނބިގެން ނިޔާވެފައިވަނީ ސްޕޭންގެ ފަތުރުވެރިއެކެވެ. އޭނާއަކީ އުމުރުން 53 އަހަރުގެ ފިރިހެނެއް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. މި ހާދިސާއަށް އޭނާވަނީ ގދ. ވާދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައެވެ. އެތަނަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ސިއްހީ މަރުކަޒުން މައުލޫމާތު ދެއްވިކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. މި މައްސަލަ ތަހުގީގު ކުރަމުން ގެންދަވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.    

Related News