ދިވެހި|English Jul 10, 2026 · 01:31
Top banner
Advertisement
ބ.އަތޮޅުން ފެށިގެން މ.އަތޮޅަށް މޫސުން ގޯސް
News

ބ.އަތޮޅުން ފެށިގެން މ.އަތޮޅަށް މޫސުން ގޯސް

މމުހައްމަދު އަލީMay 25, 2026
ބ.އަތޮޅުން ފެށިގެން މ.އަތޮޅަށް މޫސުން ގޯސްވާނޭ ކަމަށް ލަފާކޮށް މެޓު އޮފީހުން ހުދު ސަމާލު ނެރެފިއެވެ. މިއަދު ހަވީރު 3:00އިން މިރޭ 9:00 އަށް ނެރެފައިވާ އެ ސަމާލުގައި ބުނެފައިވަނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނޭ ކަމަށް ވެސް ބުނެފައިވެއެވެ. ކަނޑުތައް ގަދަވާނޭ ކަމަށް ވެސް ލަފާކޮށްފައެވެ. މިއީ އީދު ބަންދުގެ ދުވަސްވަރު ކަމުން އެންމެންވެސް މޫސުމަށް ސަމާލުކަން ދީގެން ދަތުރުފަތުރު ކުރުމަށް މޫސުމާބެހޭ އޮފީހުންނާއި އެމްއެންޑީއެފް ކޯސްޓުގާޑުން ވަނީ އިލްތިމާސް ކޮށްފައެވެ.

Related News