ދިވެހި|English Aug 24, 2026 · 08:06
Top banner
Advertisement
ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލައެއް ބަލަން ފަށައިފި
News

ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލައެއް ބަލަން ފަށައިފި

އއަހުމަދު މުހައްމަދުOct 5, 2024
މީހަކަށް ތޫނުއެއްޗަކުން ހަމަލާދިން މައްސަލައެއް ފުލުހުން ބަލަންފަށައިފިއެވެ. މިހާދިސާ ހިންގާފައިވަނީ ދިލްބަހާރުމަގުގައި ހުރި ފިހާރައެއްގައި އެމީހާ ހުއްޓައެވެ. ފުލުހުން ވިދާޅުވީ މި މައްސަލަ ފުލުހަށް ރިޕޯޓު ކޮށްފައިވަނީ ރޭ ދިހަގަޑި އެކެއް އެހައިކަންހާއިރު ކަމަށެވެ. މި ހާދިސާގައި އަނިޔާ ލިބިފައިވަނީ ދިވެހި ފިރިހެނަކަށެވެ. އޭނާއަށް އައިޖީއެމްއެޗު ގައި ފަރުވާދިނުމަށްފަހު ރޭގެ ވަގުތެއްގައި ވަނީ ދޫކޮށްލާފައި ކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ. މި މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ރާއްޖޭގައި ހިނގާ މިފަދަކަން މަދުކުރުމަށް ނުވަތަ ހުއްޓުވުމަށް ދިވެހި ފުލުހުންދަނީ މަސައްކަތް ކުރަމުންނެވެ.  

Related News