ދިވެހި|English Jul 9, 2026 · 16:02
Top banner
Advertisement
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ސޯބެ ކާމިޔާބު ކޮށްފި
News

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ސޯބެ ކާމިޔާބު ކޮށްފި

އއަހުމަދު މުހައްމަދުJun 7, 2026
އައްޑޫ ސިޓީ ހިތަދޫ އުތުރުދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓު ޢަބްދުޞާދިގު (ސޯބެ) ކާމިޔާބު ކުރައްވައިފިއެވެ. މި އިންތިޚާބުގައި ސޯބެއާ ވާދަކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓު އަހުމަދު ސައީދު (ސޮޑާ) އެވެ. މި އިންތިޚާބު ސޯބެ ކާމިޔާބު ކުރުމުން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެންބަރުންގެ އަދަދު ވަނީ 13 އަށް އަރައިފައެވެ. އަދި ޕީއެންސީގެ މެންބަރުންގެ އަދަދު ވަނީ 75 އިން 74 އަށް މަދުވެފައެވެ. ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ ކުރީން އެގޮނޑި ފުރަމުންދިޔަ ސިނާންގެ ގޮނޑި ގެއްލުމުންނެވެ. އެގޮނޑި ގެއްލުނީ ދަރަނީގެ މައްސަލައެއްގައި ކޯޓުން ކުރި ހުކުމެއްގެ ސަބަބުންނެވެ.

Related News