ދިވެހި|English Aug 24, 2026 · 10:38
Top banner
Advertisement
ކޯޓާގެ ވަގުވިޔަފާރި އަލުން ފެށީ މިސަރުކާރުން: ފައްޔާޒު
News

ކޯޓާގެ ވަގުވިޔަފާރި އަލުން ފެށީ މިސަރުކާރުން: ފައްޔާޒު

މމުހައްމަދު އަލީJun 10, 2026
ކޯޓާގެ ވަގު ވިޔަފާރި އެމްޑީޕީގެ ސަރުކާރުގައި ހުއްޓުވުމުން އެކަން އަލުން ފެށީ މި ސަރުކާރުން ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. އެކަމަށް މަގުފަހި ކުރުމަށް ރާއްޖޭގެ ބޯޑަރު ކޮންޓްރޯލް ސިސްޓަމް މެލޭޝިއާގެ ކުންފުންޏަކަށް މި ސަރުކާރުން ވަނީ ވިއްކާލާފައި ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ. "އެއީ އެތައް ބިލިއަން ރުފިޔާގެ ކޮރަޕްޝަންގެ އަމަލެއް. އެކަމުގައި އިސްކޮށް ތިބީ ސަރުކާރުގެ އެންމެ އިސްފަރާތްތައް" ފައްޔާޒު އެކްސްގައި ވިދާޅުވެފައިވެއެވެ. ފައްޔާޒު ވިދާޅުވީ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ‏ޝަމްއާން ވަހީދު 25 އަހަރަށް ޖަލަށްލީ އެވާހަކަތައް ކިޔައި ދެއްވުމުން ކަމަށެވެ. ޝަމްއާން "އެ ކިޔައިދެއްވީ މި ސަރުކާރުގެ އަސްލު ހަގީގަތް. މިއަދު ޝަމްއާން ޖަލަށް ހުކުމް އެ ކުރީ އެ ވަހާކަތަކުގެ ހަގީގަތް ހާމަކޮށްދިނުމުން،" ފައްޔާޒު ވިދާޅުވިއެވެ.

Related News