ދިވެހި|English Jul 9, 2026 · 15:20
Top banner
Advertisement
ހިޖުރަކުރުމުގެ މައްސަލައަށް ހައްލު ހޯދަން ނާއިބު ރައީސް ގޮވާލައްވައިފި
News

ހިޖުރަކުރުމުގެ މައްސަލައަށް ހައްލު ހޯދަން ނާއިބު ރައީސް ގޮވާލައްވައިފި

ޟޟަމްރަތު އަހްމަދުJun 19, 2026
މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ހިޖުރަކުރުމުގެ މައްސަލަތަކަށް ޙައްލު ހޯދުމަށް ބައިނަލްއަޤުވާމީ އެއްބާރުލުން އިތުރުކުރުމަށް ރާއްޖޭގެ ނާއިބު ރައީސް ޙުސައިން މުޙައްމަދު ލަތީފު ގޮވާލައްވައިފިއެވެ. އެމަނިކުފާނު މިކަމަށް ގޮވައިލެއްވީ ޖަރުމަނުވިލާތުގެ ބާލިންގައި ކުރިއަށްދާ "ބާލިން ކްލައިމެޓް މޮބިލިޓީ ފޯރަމް 2026" ގެ މަތީ ފަންތީގެ ލީޑަރުންގެ ސެޝަންގައި މިއަދު ތަޤުރީރު ކުރައްވަމުންނެވެ. މި ފޯރަމުގައި ތަޤުރީރު ކުރައްވަމުން ނާއިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފް ވިދާޅުވީ މޫސުމީ ނޭދެވޭ އަސަރުތަކާ ކުރިމަތިލާންޖެހިފައިވާ ނާޒުކު ޤައުމުތަކަށް ބޭނުންވާ މޫސުމީ މާލީ އެހީތެރިކަން (ކްލައިމެޓް ފައިނޭންސް) އިތުރުކޮށްދެއްވަންޖެހޭ ކަމަށެވެ. އެކަން ކޮށްދެއްވުމަށް އެމަނިކުފާނު ވަނީ ބައިނަލްއަޤުވާމީ ފަރާތްތަކަށް ބާރު އަޅުއްވައިފައެވެ. ނާއިބު ރައީސްގެ ވިދާޅުވީ މޫސުމީ ބަދަލުތަކާ ގުޅިގެން މީހުން ހިޖުރަކުރަންޖެހޭ ޙާލަތްތަކުގައި، އެކަން ވާންޖެހޭނީ ދުރާލައި ރޭވިފައިވާ، އަމިއްލަ އިޚުތިޔާރުގައި ކުރެވޭ ކަމަކަށް ކަމަށެވެ. އަދި އިންސާނީ ކަރާމާތް ހިފެހެއްޓިފައިވާ ކަމަކަށް އެކަންވާންޖެހޭނޭ ކަމަށްވެސް ވިދާޅުވިއެވެ. މިފަދަ މަސައްކަތްތަކުގައި މުޖުތަމަޢުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދޭންޖެހޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ބާލިން ކްލައިމެޓް މޮބިލިޓީ ފޯރަމަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން އިންސާނުން އެއްތަނުން އަނެއްތަނަށް ހިޖުރަކުރަންޖެހޭ މައްސަލައާ މެދު ދުނިޔޭގެ ފެންވަރުގައި މަޝްވަރާކޮށް، ސިޔާސަތުތައް އެކުލަވައިލުމަށް ބާއްވާ މުހިންމު ބައްދަލުވުމެކެވެ.  

Related News