ދިވެހި|English Aug 24, 2026 · 08:05
Top banner
Advertisement
ރާއްޖެއަށް އެތެރެކުރަން އުޅު ވޭޕް ކާޓްރިޖު ތަކެއް އަތުލައިގެންފި
News

ރާއްޖެއަށް އެތެރެކުރަން އުޅު ވޭޕް ކާޓްރިޖު ތަކެއް އަތުލައިގެންފި

މމުހައްމަދު އަލީJun 19, 2026
ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 5،600 ވޭޕް ކާޓްރިޖު އަތުލައިގެންފި ކަމަށް މޯލްޑިވްސް ކަސްޓަމްސްއިން ވިދާޅުވެއްޖެއެވެ. މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން މި ފެނިފައިވަނީ ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމެންޓަކުންނެވެ. އޭގައި ޤާނޫނާ ޤަވާއިދާ ޚިލާފު ތަކެތި ހުރެދާނެކަމަށް ބެލެވިގެން، ބުދަ ދުވަހު ޚާއްސަ އޮޕަރޭޝަނެއް ވަނީ އެކަމާ ގުޅިގެން ހިންގާފައެވެ. މި އޮޕަރޭޝަން ހިންގީ، މާލޭ ކޮމާޝަލް ހާބަރުގައެވެ. މިއޮޕަރޭޝަންގައި "ޖެނެރަލް ކާގޯ"ގެ ގޮތުގައި ޑިކްލެއަރކޮށްފައިވާ ޝިޕްމަންޓެއް ބަލާ ފާސްކުރިއިރު، އެ ޝިޕްމަންޓުގެ ތެރޭގައި ގިނަ އަދަދެއްގެ ވޭޕް ފޮރުވާފައި ހުއްޓާ ފެނިފައިވާ ކަމަށް ކަސްޓަމްސްއިން ވިދާޅުވިއެވެ. އެ ތަކެތި މިހާރު ހުރީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައެވެ. މި މައްސަލަ ކަސްޓަމްސްއިން ދަނީ، އިތުރަށް ތަޙުޤީޤު ކުރަމުންނެވެ. ކަސްޓަމްސްއިން ވަނީ މި މަހުގެ 14 އަދި 15 ވަނަ ދުވަހު މާލެ ކޮމާޝަލް ހާބަރުގައި ކުރިއަށްގެންދިޔަ ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިން 1،108 ވޭޕް ކާޓްރިޖު އަދި 27 ޑިވައިސް ހޯދާފައެވެ.  

Related News