ދިވެހި|English Jul 9, 2026 · 16:04
Top banner
Advertisement
ވަޒީފާއިން ވަކިކުރާ ކޮންމެ މީހެއްގެ އާއިލާއެއް އޮންނާނެ: ޝާހިދު
News

ވަޒީފާއިން ވަކިކުރާ ކޮންމެ މީހެއްގެ އާއިލާއެއް އޮންނާނެ: ޝާހިދު

މމުހައްމަދު އަލީJun 23, 2026
ސިޔާސީ ބޭނުމަށްޓަކައި ވަޒީފާތަކުން މުވައްޒަފުން ވަކިކޮށް އަނިޔާވެރިކަން މި ސަރުކާރުން އިސްކުރަމުންދާއިރު ވަކިކުރާ ކޮންމެ މުވައްޒަފެއްގެ ފަހަތުގައި ޢާއިލާއެއް އޮންނާނޭ ކަން މިސަރުކާރުގެ އިސްވެރިންނަށް އެނގިވަޑައިގަންނަވަން ޖެހޭ ކަމަށް އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. "ސިޔާސީ ބޭނުމަށް ވަޒީފާތަކުން މުއައްޒަފުން ވަކިކޮށް އަނިޔާވެރިކަން އިސްކުރާއިރު، އެއިން ކޮންމެ މީހަކާ ގުޅިފައިވާ ޢާއިލާއެއް އޮންނަކަން މިސަރުކާރުގެ އިސްވެރިންނަށް އެނގިވަޑައިންނަވަން ޖެހެއެވެ." އެކްސްގައި އޭނާ ވިދާޅުވެފައިވެއެވެ. ޝާހިދު ވިދާޅުވެފައިވަނީ އަނިޔާވެރިކަމުގެ ނަތީޖާ ހިތިވާނެކަމަށެވެ. އެކަން އަނިޔާވެރިވާ ފަރާތްތަކުން ދަންނަންޖެހޭނޭ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. ޝާހިދު ވިދާޅުވެފައިވަނީ ވަޒީފާތައް ބަހައިގެންނާއި ވަޒީފާއިން ވަކިކޮށްގެން ރައްޔިތުންގެ ލޯބި ނުހޯދޭނޭ ކަމަށެވެ. އެއީ މާޒީން ފެންނަން އޮތް ޙަޤީގަތެއް ކަމަށް ވެސް ވިދާޅުވެފައިވެއެވެ. ޝާހިދު މިހެން ވިދާޅުވީ ސިޔާސީ ބޭނުންތަކަށް މިސަރުކާރުން މީހުން ވަޒީފާއިން ވަކިކުރަމުންދާ ކަމަށް ތަހުމަތުކޮށް ވާހަކަ ދައްކަމުންދާ ވަގުތެއްގައެވެ.

Related News