ދިވެހި|English Jul 9, 2026 · 16:04
Top banner
Advertisement
އަމާންދޯދިން ވެއްޓުނު ކުއްޖަކަށް ފަރުވާ ދޭން ފަށައިފި
News

އަމާންދޯދިން ވެއްޓުނު ކުއްޖަކަށް ފަރުވާ ދޭން ފަށައިފި

މމުހައްމަދު އަލީJun 23, 2026
ހުޅުމާލޭ ފޭސް ދޭއްގެ އަމާން ދޯދި ފަހެއްގެ ދެވަނަ ފަންގިފިލާއިން ވެއްޓުނު ކުއްޖަކަށް ފަރުވާ ދޭންފަށައިފިއެވެ. އުމުރުން 16 އަހަރުގެ އެ ފިރިހެން ކުއްޖާއަށް ފުރަތަމަ ފަރުވާދީފައިވަނީ ހުޅުމާލޭ ހޮސްޕިޓަލުންނެވެ. ފުލުހުން ވިދާޅުވީ އެކުއްޖާއަށް އިތުރު ފަރުވާ ދިނުމަށްޓަކައި މިހާރު ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފައި ކަމަށެވެ. މިހާދިސާގައި އެކުއްޖާއަށް ލިބުނު އަނިޔާގެ އެއްވެސް މައުލޫމާތެއް ލިބިފައެއް ނުވެއެވެ. ފުލުހުން ވިދާޅުވީ މިހާދިސާ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭ 23:14 އެހައިކަންހާއިރު ކަމަށެވެ. މި މައްސަލަ ދަނީ ތަހުގީގުކުރަމުން ކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.

Related News