ދިވެހި|English Jul 9, 2026 · 16:04
Top banner
Advertisement
ރާއްޖޭގެ ބައެއް އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފި
News

ރާއްޖޭގެ ބައެއް އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފި

މމުހައްމަދު އަލީJun 26, 2026
ގަދައަށް ވިއްސާރަވާނޭ ކަމަށް ލަފާކޮށް ރާއްޖޭގެ ބައެއް އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފިއެވެ. މެޓް އޮފީހުން މި ސަމާލު ނެރެފައިވަނީ މިރޭ ދަންވަރު އެއްގަޑި ފަނަރައިން ފެށިގެން ފަތިހު ފަހަކާ ހަމައަށެވެ. މެޓް އޮފީހުން ރީނދޫ ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށެވެ. މެޓުން ބުނެފައިވަނީ ގަޑިއަކުން 25 މޭލާއި 30 މޭލާ ދެމެދު ބާރު މިނުގައި ވައިޖެހޭނޭ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި 45 މޭލަށް ވައި ގަދަވާނޭ ކަމަށް ވެސް ލަފާކޮށްފައިވެއެވެ. ކަނޑުތައް ވަރަށްގަދަވާނޭ ކަމަށްވެސް ލަފާކުރެވޭ ކަމަށް ވަނީ ބުނެފައެވެ.  
ވިއްސާރަ

Related News