ދިވެހި|English Jul 9, 2026 · 16:03
Top banner
Advertisement
ކުޑަފަރީ ރުއްގަހަށް ޖެހޭ ބަލި ކޮންޓްރޯލް ކޮށްދިނުމަށް އެދެފި
News

ކުޑަފަރީ ރުއްގަހަށް ޖެހޭ ބަލި ކޮންޓްރޯލް ކޮށްދިނުމަށް އެދެފި

ހިރި ނިއުސްހިރި ނިއުސްJul 1, 2026
ނ.ކުޑަފަރީ ރުއްގަހަށް ޖެހެމުންދާ ބަލި ކޮންޓްރޯލް ނުކުރެވި ފެތުރެމުންދާތީ ދަނޑުވެރިކަމާ ބެހޭ ވުޒާރާގެ އެހީތެރި ކަމަށް އެރަށު ކައުންސިލުން އެދެފިއެވެ. އެކައުންސިލުން މިކަމަށް އެދުނީ އެ ވުޒާރާއާއެލު އޮންލައިންކޮށް ބޭއްވި ބައްދަލުވުމެއްގައެވެ. އެކަމަށް އެ ވުޒާރާގެ ފަންނީ އެހީތެރިކަމަށް އެދުމުން ވުޒާރާއިން ދެވެންއޮތް އެހީތެރިކަމެއް ދެއްވާނެކަމުގެ ޔަގީންކަން ވަޒީރު އަޙުމަދު ޝިޔާމް ދެއްވިއެވެ. މި ބައްދަލުވުމުގައި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ކުރެވެން ހުރި މަސައްކަތްތަކާ ގުޅޭގޮތުން ވެސް ކުޑަފަރީ ކައުންސިލާއެކު ވަނީ މަޝްވަރާ ކޮށްފައެވެ. މި ބައްދަލުވުމުގައި، ކުޑަފަރީގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ އައިސްޕްލާންޓުގެ އެންމެ ފަހުގެ މައުލޫމާތު ވަޒީރު ވަނީ އެރަށު ކައުންސިލާ ހިއްސާ ކުރައްވާފައެވެ. އަދި ވުޒާރާއިން ކުރިއަށްގެންދާ ފަރުމަސްވެރިކަމާއި، ދަނޑުވެރިކަމުގެ އިތުރުން މެރިކަލްޗަރ މަޝްރޫޢުތަކާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ވެސް ދެއްވިއެވެ. މީގެ އިތުރުން އެ ވުޒާރާއާއި ކުޑަފަރީ ކައުންސިލާ ގުޅިގެން ކުރިއަށް ގެންދިއުމަށް ބޭނުންވާ ކަންކަން ކައުންސިލުގެ ފަރާތުން ވަނީ ވަޒީރާ ހިއްސާކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައި މަނިޔަފުށީގައި ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމުތަކާ ގުޅޭ މައުލޫމާތާއި ތަމްރީނު ފުރުސަތުތަކާ ގުޅޭގޮތުންނާއި ވުޒާރާއިން ހިންގާ ފަތްކެޔޮ ޕްރޮޖެކްޓާ ގުޅޭ މައުލޫމާތުވެސް ވަނީ ހިއްސާކޮށްފައެވެ.

Related News