ދިވެހި|English Jul 9, 2026 · 21:57
Top banner
Advertisement
ޗައިނާގެ އެހީއަކީ ކުޅިވަރުކުޅޭ ފަރާތްތަކަށް ލިބުނު ބޮޑު ފުރުސަތެއް: ކުޅިވަރު ވުޒާރާޗައިނާއިން ރާއްޖެއަށް ދެއްވި ކުޅިވަރުގެ އެހީ ކުޅިވަރާބެހޭ ވަޒީރާ ހަވާލު ކުރެއްވުން/ފޮޓޯ ކުޅިވަރާބެހޭ ވުޒާރާ
News

ޗައިނާގެ އެހީއަކީ ކުޅިވަރުކުޅޭ ފަރާތްތަކަށް ލިބުނު ބޮޑު ފުރުސަތެއް: ކުޅިވަރު ވުޒާރާ

ހިރި ނިއުސްހިރި ނިއުސްJul 9, 2026

ޗައިނާ ސަރުކާރުން ރާއްޖެއަށް މިއަދު ކުޅިވަރު ސާމާނުތަކެއް ހަދިޔާކޮށްފިއެވެ.

މިއެހީގެ ދަށުން ޗައިންނާއިން ވަނީ ރާއްޖެއަށް 21 ބާވަތެއްގެ ކުޅިވަރު ސާމާނު ހަދިޔާކޮށްފައެވެ. މިތަކެތީގެ ތަފްސީލެއް ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔިކަމާބެހޭ ވުޒާރާއިން ދެއްވާފައެއް ނުވެއެވެ.   

މި ތަކެތި ރާއްޖޭގެ ކުޅިވަރާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއާ ޙަވަލާކޮށް ދެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާ އެވެ.

މި އެހީއާ ގުޅިގެން ކުޅިވަރާ ބެހޭ ވުޒާރާއިން ވިދާޅުވެފައިވަނީ މިއީ ރާއްޖޭގެ ޒުވާނުންނާއި ކުޅިވަރު ކުޅޭ ފަރާތްތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ފުރުސަތެއް ކަމަށެވެ. މި އެހީގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނޭ ކަމަށް ވެސް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

މި ސާމާނު ރާއްޖެއާ ހަވާލުކުރުމުގެ ރަސްމިއްޔާތު މިއަދު ބޭއްވީ ޔޫތު ހަބް" ގައެވެ. މި ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރުގެ އިތުރުން މިނިސްޓަރ އޮފް ފޮރިން އެފެއާޒް އިރުތިޝާމް އާދަމް  ބައިވެރިވެވަޑައިގެންނެވިއެވެ.

 މީގެ ކުރިންވެސް އެކި ފަހަރުމަތިން ޗައިނާ ސަރުކާރުން ވަނީ ކުޅިވަރުކުޅޭ އެކި ސާމާނު ރާއްޖެއަށް ހަދިޔާކުރައްވާފައެވެ.

 

ޗައިނާކުޅިވަރު

Related News