ދިވެހި|English Jul 10, 2026 · 23:18
Top banner
Advertisement
ރައްޔިތުންނާ ބައްދަލު ކުރުމަށް ބޭނުންވާ އޮފީސް ޖާގަވާނީ ކައުންސިލަރުންނަށް ހަމަޖައްސައިދީފައި: ޢާޒިމްމާލޭސިޓީގެ މޭޔަރު އާދަމް ޢާޒިމް/ފޮޓޯ މާލޭސިޓީކައުންސިލް
News

ރައްޔިތުންނާ ބައްދަލު ކުރުމަށް ބޭނުންވާ އޮފީސް ޖާގަވާނީ ކައުންސިލަރުންނަށް ހަމަޖައްސައިދީފައި: ޢާޒިމް

ޟޟަމްރަތު އަހްމަދުJul 10, 2026

ކައުންސިލަރުން ދާއިރާގެ ރައްޔިތުންނާ ގާތުން މަސައްކަތްކުރެވޭނެ ފުރުސަތު ތަނަވަސްކޮށްދިނުމުގެ ގޮތުން އެކަށީގެންވާ އޮފީސް ޖާގަ ހަމަޖައްސައިދީފައިވާނޭ ކަމަށް މާލޭސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

އާދަމް ޢާޒިމް އެކްސް މެދުވެރިކޮށް މިކަން ހާމަކުރެއްވީ މިފަދަ އިންތިޒާމެއްގެ މުހިންމުކަމުގެ ވާހަކަ އެމްޑީޕީގެ ޗެއަރޕާސަން ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައިވަނިކޮށްނެވެ.

މޭޔަރ ޢާޒިމް ވިދާޅުވެފައިވަނީ ހުޅުމާލެ ދާއިރާގެ 3 ކައުންސިލަރުންނަށް އޮފީސް ޖާގަ ހަމަޖައްސާފައިވަނީ މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ބްރާންޗުގައި ކަމަށެވެ. ވިލިމާލެ ދާއިރާގެ ކައުންސިލަރަށް ޖާގަ ހަމަޖައްސާފައިވަނީ މާލެ ސިޓީ ކައުންސިލްގެ ވިލިމާލެ ބްރާންޗުގައި ކަމަށެވެ. މާލޭގެ އެކި ދާއިރާތަކުގެ ކައުންސިލަރުންގެ ވަކިވަކި ކެބިންތައް ހަމަޖައްސާފައިވަނީ އެމް.ޑަބްލިއު.އެސް.ސީ ކަސްޓަމަރ ސަރވިސް ބިލްޑިންގގެ ހަތަރުވަނަ ފަންގިފިލާގަ ހުންނަ މާލާސިޓީ ކައުންސިލްގެ އޮފީހުގައި ކަމަށްވެސް ވިދާޅުވެފައިވެއެވެ.

"މި އިންތިޒާމުގެ ސަބަބުން ކައުންސިލަރުންނާ ބައްދަލުކުރުމަށް ރައްޔިތުންނަށް ފަސޭހަވެ، ދާއިރާގެ ކަންކަމުގައި ރައްޔިތުންނާ އޮންނަ ގުޅުން ބަދަހިވެގެންދާނެ." ޢާޒިމް ވިދާޅުވެފައިވެއެވެ. މީގެ އިތުރުން މިހާރުވެސް ކައުންސިލަރުން ދާއިރާގެ ރައްޔިތުންގެ ގާތަށް ގަވާއިދުން ވަޑައިގަންނަވާ ކަމަށްވެސް މޭޔަރ ޢާޒިމް ވަނީ ވިދާޅުވެފައެވެ.

މާލެސިޓީ ކައުންސިލްމާލޭ މޭޔަރު އާޒިމް

Related News