ރާއްޖޭގައި ޒަމާނީ އެކިއެކި ކުޅިވަރުތައް ކުރިއަރަމުންދާ ވަރަކަށް އެކުޅިވަރުތައް ކުޅެވޭނެ ފަދަ އެކަށީގެންވާ ވަސީލަތްތައް ގާއިމްކޮށްދޭން ޖެހޭނޭ ކަމަށް ކުރީގެ ފޮރިންމިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޑްރިފްޓް އެސޯސިއޭޝަންގެ ޑްރައިވަރުންގެ ހުނަރުވެރި ޙަރަކާތްތައް ބައްލާވާލެއްވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ އެއީ ޝައުޤުވެރި ކުޅިވަރެއް ކަމަށެވެ.
"ޑްރިފްޓް އެސޯސިއޭޝަންގެ ޑްރައިވަރުންގެ ހުނަރުވެރި ޙަރަކާތްތައް ރޭ ބަލާލިން. ޝައުޤުވެރި މިކުޅިވަރު ރާއްޖޭގައި އާލާކުރުމަށް ކުރައްވާ މަސައްކަތަށް ޑްރިފްޓް އެސޯސިއޭޝަންގެ ވެރިންނާއި މެމްބަރުންނަށް ޝުކުރު ދަންނަވަން،" ޝާހިދު ވިދާޅުވެފައިވެއެވެ.
އަބްދުﷲ ޝާހިދުކުޅިވަރު





