ދިވެހި|English Jul 11, 2026 · 02:02
Top banner
Advertisement
މާރާމާރީއެއްގައި ހަތަރު މީހަކަށް އަނިޔާ ވެއްޖެ
News

މާރާމާރީއެއްގައި ހަތަރު މީހަކަށް އަނިޔާ ވެއްޖެ

އއަހުމަދު މުހައްމަދުJul 10, 2026

ވިލިމާލޭގައި މިއަދު ހިންގި މާރާމާރީއެއްގައި ހަތަރު މީހަކަށް އަނިވެފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެވެ.

ފުލުހުންވިދާޅުވީ އަނިޔާވި މީހުންނަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އެމީހުންނަށް ލިބިފައިވާ އަނިޔާގެ މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މިއީ ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީއެކެވެ. ވިލިމާލޭ، ކަނދޮޅުމާގޯޅީގައި ހިންގި މާރާމާރީގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު  15:12 އެހައިކަންހާއިރު ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މާރާމާރީގައި އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ 18 އަހަރުގެ މީހަކާއި، 27 އަހަރުގެ މީހަކާއި، 31 އަހަރުގެ މީހަކާއި 22 އަހަރުގެ މީހެއް ކަމަށް ފުލުހުން ވިދާޅުވިއެވެ. މި 4 މީހުންނަކީ ވެސް ދިވެހީންނެވެ.

 މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މާރާމާރީ

Related News