ދިވެހި|English Jul 12, 2026 · 03:14
Top banner
Advertisement
ޕީއެންސީގެ އެތެރޭގެ އިންތިޚާބު މިއަދު ބާއްވައިފިޕީއެންސީގެ އެތެރޭގެ އިންތިޚާބުގައި ވޯޓުލުން ކުރިއަށްދަނީ/ފޮޓޯ ހިރި
News

ޕީއެންސީގެ އެތެރޭގެ އިންތިޚާބު މިއަދު ބާއްވައިފި

މމުހައްމަދު އަލީJul 11, 2026

ޕީއެންސީގެ ދާއިރާތަކުގެ އިންތިޚާބު މިއަދު ބާއްވައިފިއެވެ. މިއިންތިޚާބުގައި ވަނީ އެޕާޓީގެ ސްޓިއަރިން ކޮމިޓީތަކަށް ރައީސުންނާއި ނާއިބުން އިންތިޚާބުކޮށްފައެވެ. މީގެ އިތުރުން ޕާޓީގެ އެހެން މަގާމުތަކަށް ވެސް ވަނީ މެންބަރުން އިންތިޚާބުކޮށްފައެވެ.

މިއިންތިޚާބުގައި ވަނީ ރައްޔިތުންގެ މަޖިލިޙުގައި އެޕާޓީ ތަމްސީލްކުރާނޭ މެންބަރުން ނެތް ދާއިރާތަކަށް ރައީސުން އިންތިޚާބުކޮށްފައެވެ. އަދި މަޖިހުގައި މެންބަރުން ހިމެނޭ ދާއިރާތަކަށް ނާއިބު ރައީސުން ވެސްވަނީ އިންތިޚާބުކޮށްފައެވެ. ޕީއެންސީގެ ގަވާއިދު ބުނާގޮތުން އެދާއިރާގެ ރައީސަކަށް ވާނީ އެދާއިރާއެއްގެ މަޖިލިސް މެންބަރެވެ. މިއިންތިޚާބުގައި އެޕާޓީގެ 20 ދާއިރާއަކަށް ރައީސުން އިންތިޚާބު ކޮށްފައިވެއެވެ.

މިއިންތިޚާބު 131 ދާއިރާއެއްގައި ބާއްވާފައިވެއެވެ. މިއިންތިޚާބުގައި ދެހާހަށްވުރެ ގިނަ މަގާމްތަކަށް މެންބަރުން އިންތިޚާބުވެފައިވެއެވެ. އިންތިޚާބު ބޭއްވި މިއަދު ހެންދުނު 9:00 އިން ފެށިގެން ހަވީރު 4:00 އަށެވެ.

 

Related News