އައިޖީއެމްއެޗު ކުރިމަތީ ހަދަމުންދާ އިމާރާތެއްގައި ޖަހާފައިވާ ސޭފްޓީ ވެއްޓި ބައެއް މީހުނަށް ކުދިކުދި އަނިޔާ ވެއްޖެއެވެ.
ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުވާކަމަށް ފުލުހުން ވިދާޅުވިއެވެ. މީގެ އިތުރުން އެސަރަހައްދުގައި ޕާކުކޮށްފައިވާ ބައެއް އުޅަނދު ފަހަރަށް ވެސް ގެއްލުންވެފައިވާ ކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.
މިހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިއަދު 17:06 އެހައިކަންހާއިރު ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ފުލުހުން ދަނީ ބަލަމުންނެވެ.





