ދިވެހި|English Jul 12, 2026 · 03:14
Top banner
Advertisement
ޕީއެންސީގެ ވޯޓުގުނަމުންދަނިކޮށް މާރާމާރީ ހިންގައިފި
News

ޕީއެންސީގެ ވޯޓުގުނަމުންދަނިކޮށް މާރާމާރީ ހިންގައިފި

މމުހައްމަދު އަލީJul 11, 2026

މިއަދު ބޭއްވި ޕީއެންސީގެ އެތެރޭގެ އިންތިޚާބުގެ ވޯޓް ގުނުން ހުޅުމާލެ ފޭސް 2 ގައި ހުންނަ ކާމިލްދީދީ ސްކޫލުގައި ކުރިއަށް ދަނިކޮށް އެތަނަށް ބަޔަކު ވަދެ މާރާމާރީ ހިންގައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މި މާރާމާރީ ހިންގާފައިވަނީ މިރޭ 21:15 އެހައިކަންހާއިރު އެސްކޫލަށް ވަންބައެއް ކަމަށެވެ. މި މާރާމާރީގައި ސްކޫލަށާއި ސްކޫލުގެ މުދަލަށް ވެސް ވަނީ ގެއްލުންދީފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެބަޔަކު ވަނީ އެތަނުގައި ތިބި މީހުންގެ ގަޔަށް ވެސް އަތްލައިފައެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި މީހުންގެ ގަޔަށް އަތްލުމުގެ އިތުރުން މީހުންނާ ދިމާއަށް ގޮނޑި ވެސް ވަނީ އުކާފައެވެ. މާރާމާރީ ކޮންޓްރޯލް ކުރުމަށް ފުލުހުން މަސައްކަތް ކުރާތަން ވެސް ވީޑިއޯއިން ފެނެއެވެ.

މިކަމާ ގުޅިގެން އެއްވެސް ބަޔަކު ހައްޔަރުކުރިކަން ނުވަތަ ނުކާރާކަން ވެސް ފުލުހުން އަދީ ހާމައެއް ނުކުރެވެ. މިކަން ހިނގަން ދިމާވި ސަބަބު ވެސް އަދި ސާފެއް ނުވެއެވެ.

ފުލުހުން ވިދާޅުވީ އެ މައްސަލަ ތަހުގީގު ކުރަމުންގެންދާ ކަމަށެވެ.

 

Related News