ދިވެހި|English Aug 28, 2026 · 10:17
Top banner
Advertisement
އެއްދުވަސް ވަންދެން ދިވެހިދިދަ ބައިދަނޑިއަށް ތިރިކުރަން ނިންމަވައިފިފޮޓޯ ސޯޝަލް މީޑިއާ
News

އެއްދުވަސް ވަންދެން ދިވެހިދިދަ ބައިދަނޑިއަށް ތިރިކުރަން ނިންމަވައިފި

ހިރި ނިއުސްހިރި ނިއުސްJul 13, 2026

އެއްދުވަސް ވަންދެން ދިވެހި ގައުމީދިދަ ބައި ދަނޑިއަށް ތިރިކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

މިއީ ޤަޠަރުގެ ކުރީގެ އަމީރު، ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވުމުގެ ގޮތުން ކުރައްވާ ކަމެއް ކަމަށް ރައީސް އޮފީހުން ހާމަކުރައްވާފައިވެއެވެ. އެހެން ކަމުން މިއަދު މެންދުރު 12:00އިން ފެށިގެން މާދަމާ މެންދުރު 12:00ގެ ނިޔަލަށް ދިވެހި ދިދަ ހުންނާނީ ބައިދަނޑިއަށް ތިރިކޮށްފައި ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.

މިގޮތަށް ހަމަޖެއްސެވީ، ދިވެހިރާއްޖެއާއި ޤަޠަރާދެމެދު ޒަމާނުއްސުރެ އުފެދިފައިވާ ގާތް ރަޙުމަތްތެރިކަމުގެ ގުޅުމާއި، ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ، ޤަޠަރުގެ އަމީރު ކަމުގެ މަގާމުގައި ހުންނެވިއިރު، ރާއްޖެއާމެދު ބެހެއްޓެވި ގާތްކަމާއި، ރާއްޖޭގެ ތަރައްޤީއަށާއި ކުރިއެރުމަށް ވެދެއްވި ދީލަތި އެހީތެރިކަމާއި އެއްބާރުލެއްވުމުގެ އަގު ވަޒަންކުރެއްވުގެ ގޮތުންނެވެ.

އެމަނިކުފާނު ފަސްދާނުލާފައި ވަނީ 12 ޖުލައި 2026 ވީ އާދީއްތަދުވަހު ރަސްމީ ޢިއްޒަތުގައެވެ. އަދި އެމަނިކުފާނު އަވަހާރަވުމާއި ގުޅިގެން ޤަޠަރުގައި ބާއްވާ ރަސްމީ ހިތާމަ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެގައުމަށް މިއަދު ހެނދުނު ވަނީ ފުރާވަޑައިގަންނަވައިފައެވެ.

 

Related News