ދިވެހި|English Nov 26, 2026 · 20:32
Top banner
Advertisement
ކަނޑުހުޅުދޫގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދިޔަ ޒުވާނަކު ހައްޔަރުކޮށްފި
News

ކަނޑުހުޅުދޫގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދިޔަ ޒުވާނަކު ހައްޔަރުކޮށްފި

މމުހައްމަދު އަލީNov 26, 2026

ގއ. ކަނޑުހުޅުދޫގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި އެރަށު ޒުވާނަކު ހައްޔަރު ކޮށްފިއެވެ. ހައްޔަރުކޮށްފައިވަނީ އެރަށު، ނެސްޓް، ޢަލީ އައިހަމް (20އ) ކަމަށް ފުލުހުން ވިދާޅުވިއެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި، ކަނޑުހުޅުދޫ ޕޮލިސް އަދި ގެމަނަފުށީ ޕޮލިސް ގުޅިގެން، މި ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. މި އޮޕަރޭޝަނުގައި، ކަނޑުހުޅުދޫ ބަނދަރު ސަރަހައްދުން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ. އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 14 ގުރާމް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

 

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

 މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

Related News