ދިވެހި|English Jul 14, 2026 · 13:49
Top banner
Advertisement
ރައްޔިތުންނަށް ދިމާވެފައިވާ ތަކުލީފް ތަކުގެ ހައްލަކީ އެމްޑީޕީ: ޝާހިދު
News

ރައްޔިތުންނަށް ދިމާވެފައިވާ ތަކުލީފް ތަކުގެ ހައްލަކީ އެމްޑީޕީ: ޝާހިދު

އއަހުމަދު މުހައްމަދުJul 14, 2026

މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ތަކުލީފުތަކަށް ދެންވެސް ހައްލެއް ލިބިގެންދާނީ އެމްޑީޕީ ވެރިކަމަށް ގެނެސްގެން ކަމަށް އެޕާޓީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ އެމްޑީޕީގެ މެދު ހެންވޭރު ބައެއް މެމްބަރުންނާއި އެކު ރޭ ބޭއްވި ބައްދަލުކުރެއްވުމަށްފަހު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.

ޝާހިދު ވިދާޅުވެފައިވަނީ މެދުހެންވޭރުގެ ބައެއް މެންބަރުންނާ ބައްދަލުކުރައްވައި މަޝްވަރާކޮށްލުމުން "އެބޭފުޅުންގެ ޚިޔާލުތަކާއި، ހުރި ކަންބޮޑުވުންތައް ޙިއްސާކުރެއްވި،" ކަމަށެވެ.

އެ ޚިޔާލުތަކާއި ކަންބޮޑުވުންތައް އަޑު އެއްސެވުމަށްފަހު ޝާހިދު ވިދާޅުވެފައިވަނީ "މާލޭގެ މައްސަލަތަކަށް ހައްލުތަކެއް ލިބިގެންދާނީ އަނެއްކާވެސް އެމްޑީޕީގެ ސަރުކާރެއްއުފެދި، އެމްޑީޕީގެ ފަލްސަފާ މިރާއްޖޭގައި ހިނގަން ފެށުމުން،" ކަމަށެވެ.

އެމްޑީޕީއަބްދުﷲ ޝާހިދު

Related News