ދިވެހި|English Jul 15, 2026 · 01:11
Top banner
Advertisement
އުޅަނދުފަހަރުން ޓްރަމްޕް ފީނެގުމަކީ ކަނޑުފޭރުން: ލޫލާބްރެޒިލްގެ ރައީސް ލޫލާ ޑަސިލްވާ
World

އުޅަނދުފަހަރުން ޓްރަމްޕް ފީނެގުމަކީ ކަނޑުފޭރުން: ލޫލާ

އއަހުމަދު މުހައްމަދުJul 14, 2026

 އެމެރިކާގެ އަސްކަރިއްޔާގެ ހިމާޔަތާއި ރައްކާތެރިކަމުގެ ދަށުގައި ހޮރްމޫޒު ކަނޑުއޮޅި ހުރަސްކުރާ މުދާއުފުލާ އުޅަނދުފަހަރުން 20 ޕަސެންޓް ފީއެއް ނެގުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރާވާފައިވާ ރޭވުމަކީ "ކަނޑުފޭރުން" ކަމަށް ބްރެޒިލްގެ ރައީސް ލޫލާ ޑަސިލްވާ ވިދާޅުވެއްޖެއެވެ.

ހޮރްމޫޒް ކަނޑުއޮޅި ހިމާޔަތް ކުރުމުގެ ބަދަލުގައި އެމެރިކާ އިން ކާގޯގެ އަގުގެ 20 ޕަސެންޓާ އެއްވަރުގެ ފީއެއް ނަގާނަމަ އެއަށްކިޔާނީ "ކަނޑުފޭރުން" ލޫލާ ވިދާޅުވިއެވެ.

ބްރެޒިލްގެ ރައީސް ވިދާޅުވީ އެމެރިކާއަކީ ކަނޑުފޭރުމާ ދެކޮޅަށް ޒަމާނުއްސުރެ ހަނގުރާމަ ކުރަމުން އަންނަ ގައުމެއް ކަމަށެވެ. އެހެންނަމަވެސް އެމެރިކާ ފަދަ ގައުމަކުން މިހާރު ކަނޑުފޭރެން ފަށައިގެން ނުވާނޭ ކަމަށް ލޫލާ ވިދާޅުވިއެވެ.

ރައީސް ލޫލާ ވިދާޅުވީ ގޮތުގައި ވައިޓް ހައުސް އިން މިހާރު މަސައްކަތް ކުރަނީ އެހެން މީހުންގެ ތަކުލީފުތަކުގެ ތެރެއިން ފައިދާ ނެގުމަށް ކަމަށެވެ.

ބްރެޒިލްގެ ރައީސް ވިދާޅުވީ އީރާނާ ދެކޮޅަށް އެމެރިކާއާއި އިޒްރޭލުން ހަނގުރާމަ ފެށުމުގެ ކުރީން ހޮރްމޫޒު ކަނޑުއޮޅިއަކީ ބައިނަލްއަގުވާމީ ކަނޑު ދަތުރު ކުރުމަށް ހުޅުވާލެވިފައި އޮތް ސަރަހައްދެއް ކަމަށެވެ. އެހެންނަމަވެސް ހަނގުރާމަ ފެށުމަށްފަހު އެކަނޑުއޮޅި ބޭނުންކުރާތީ އެމެރިކާއިން ފީ ނަގައިގެން ނުވާނޭ ކަމަށް ލޫލާ ވިދާޅުވިއެވެ.

މިއަހަރު ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިޒްރޭލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމާއެކު އީރާނުން ވަނީ ހޮރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލް ހޯދައިފައެވެ.

 

Related News