ދިވެހި|English Jul 16, 2026 · 01:29
Top banner
Advertisement
އީރާނަށް ނިއުކުލިއަރ ޙަމަލާއެއް ދޭނެ ކަމުގެ އިންޒާރު އެމެރިކާއިން ދީފި!އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
World

އީރާނަށް ނިއުކުލިއަރ ޙަމަލާއެއް ދޭނެ ކަމުގެ އިންޒާރު އެމެރިކާއިން ދީފި!

ޙޙަސަން ލުޠުފީ, ރަންފަސް، ސ.ހިތަދޫJul 15, 2026

އީރާނަށް ނިއުކުލިއަރ ޙަމަލާއެއް ދޭނެ ކަމުގެ އިންޒާރު، އެމެރިކާގެ ނިރުބަވެރި ރައީސް ޑޮނާލްޑް ޓުރަމްޕު ދީފިއެވެ. އެމެރިކާގެ އެ އިންޒާރާ ވިދިގެން އީރާނުގެ ޖެނެރަލް ޔަހުޔާ ރަހީމް ސަފާވީ ވިދާޅުވީ އީރާނަށް ނިއުކުލިއާރ ޙަމަލާއެއް ދިނުމަކީ އެންމެ މަންޠީޤީ ނިންމުމަށް ނުވެދާނެ ކަމަށެވެ.

އީރާނުގެ ސަރަޙައްދަކީ ގާތްގަނޑަކަށް 1.6 މިލިއަން އަކަކިލޯމީޓަރެވެ. އެ ޤައުމުގެ ސަރަހައްދުގެ ބޮޑު ބަޔަކީ ހަނަފަސް ސަހަރާއެވެ. އެކަމަކު، އެމެރިކާއާއި، އިޒުރޭލުން ޓެކްޓިކަލް ނިއުކުލިއާރ ޙަމަލާއެއް އެ ޤައުމަށް ދީފިނަމަ، ޝައްކެއްނެތް ގޮތުގައި އީރާނަށް ބޮޑެތި އަދި ގިލަންވެރި ގެއްލުންތަކެއް ލިބި، އެތައް ބަޔަކު މަރުވާނެއެވެ.

އެހެން ވިޔަސް ޓެކްޓިކަލް ނިއުކުލިއާރ ޙަމަލާއަކުން އީރާން އެއްކޮށް ހަލާކު ނުވެދާނެއެވެ. އަދި އެ ޤައުމުގެ ސަރަޙައްދުގެ ބޮޑުކަމުން އެ ޤައުމު ދިރި ދެމިއޮތުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ނަމަވެސް އެފަދަ ޙަމަލާއެއް ދީފިނަމަ، ރައްދުގައި އީރާނުން ސީދާ ޙަމަލާތައް ދޭނީ ދިމޯނާ ނިއުކުލިއާރ ފެސިލިޓީއަށާއި، އިޒުރޭލުގެ އެހެނިހެން ނިއުކުލިއާރ މަރުކަޒުތަކަށާއި، އަދި ނިއުކުލިއަރ ހަތިޔާރު ކޮށާރުކޮށްފައިވާ ތަންތަނަށް ކަމަށް ޖެނެރަލް ޔަހުޔާ ވިދާޅުވިއެވެ. އިޒުރޭލް ފަދަ ކުޑަ ޤައުމަކަށް އެފަދަ ޙަމަލާއެއް އަމާޒުވެއްޖެނަމަ، ނަތީޖާއަކަށް ވާނީ ހީވެސް ނުކުރާފަދަ ގެއްލުން ބޮޑު، އަދި ފަނާކުރަނިވި އަނދަވަޅަކަށް އިޒުރޭލު ވެއްޓުމެވެ. ވީމާ، އިޚުތިޔާރު އޮތީ އެމެރިކާގެ އަތުގައެވެ.

އެމެރިކާއީރާންމެދުއިރުމަތިހަނގުރާމަ

Related News