ދިވެހި|English Jul 17, 2026 · 02:16
Top banner
Advertisement
މަސްތުވާތަކެތީގެ ޚިދުމަތް ދެމުންދިޔަ އިތުރުތަނެއް ބަންދުކުރުމަށް އަމުރުކޮށްފިމަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތް ބާރަށް ކުރިއަށްދާނެ/ފޮޓޯ ޕޮލިސް
News

މަސްތުވާތަކެތީގެ ޚިދުމަތް ދެމުންދިޔަ އިތުރުތަނެއް ބަންދުކުރުމަށް އަމުރުކޮށްފި

މމުހައްމަދު އަލީJul 16, 2026

މާލެ ސިޓީގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތް ދެމުންދާކަމުގެ ތުހުމަތުގައި، އިތުރުތަނެއް ބަންދު ކުރުމަށް ކޯޓުން ފުލުހުންނަށް އަމުރުކޮށްފިއެވެ.

މިފަހަރު ބަންދުކުރަން އަމުރުކޮށްފައިވަނީ މ. ލޭންޑްއޮފްގާރޑްންގެ ބައެކެވެ. މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ނެރުނު މި އަމުރުގެ ދަށުން ފުލުހުން މިހާރުވަނީ އެތަން ބަންދުކޮށްފައެވެ. އެތަން ބަންދު ކޮށްފައިވަނީ  13 ޖުލައި އިން ފެށިގެން ތިން މަހަށް ކަމަށް ފުލުހުން ވިދާޅުވިއެވެ. ބަންދުގެ މުއްދަތު ހަމަވާނީ މިއަހަރު އޮކްޓޯބަރު 11 ވަނަދުވަހުގެ ނިޔަލަށެވެ.

މިއީ މާލެ ސިޓީގައި މަސްތުވާތަކެތީގެ ހިދުމަތްދޭ ތަންތަން ބަންދުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ބަންދުކުރެވުނު 6 ވަނަ ތަނެވެ.

މީގެ ކުރިން (މިއަހަރުގެ މެއި މަހުން ފެށިގެން) މާލޭގެ އިތުރު 5 ތަނެއް ވަނީ 3 މަސްދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައެވެ.

އެ ތަންތަނަކީ:

  • ހ. ގުންޒަރު: 6 މެއި 2026 އިން 3 އޮގަސްޓު 2026 އަށް

  • މ. ތަރިވިލާގެ: 22 މެއި 2026 އިން 22 އޮގަސްޓު 2026 އަށް

  • މ. އަމީރާމަންޒިލް ގެ ބައެއް: 1 ޖޫން 2026 އިން 1 ސެޕްޓެމްބަރު 2026 އަށް

  • މއ. ސެވަން އެންޑް ހައުސް: 11 ޖޫން 2026 އިން 9 ސެޕްޓެމްބަރު 2026 އަށް

  • ހ. ކަނޑުފިނިގެ (ފުރަތަމަ ފަންގިފިލާގެ 1 ކޮޓަރި): 25 ޖޫން 2026 އިން 24 ސެޕްޓެމްބަރު 2026 އަށް

ކޯޓު އަމުރުގެ ދަށުން މިގޮތަށް ބަންދުކުރާ ތަންތަނަށް، އެ އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެނުކުމެ ހެދުމަކީ ގާނޫނީ ކުށެއް ކަމަށް ފުލުހުން ވިދާޅުވިއެވެ. މިފަދަ ތަންތަނަށް ހުއްދަނެތި ވަންނަ ފަރާތްތަކާއި، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅޭނެ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުން ފުލުހުންނަށް ލިބިދީފައިވާ ބާރުތަކުގެ ދަށުން، ފުލުހުން ކުރަމުންދާ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންދާނޭ ކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފައެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންދާ އިތުރު ތަންތަން ހޯދައި، ގާނޫނުގައިވާ ގޮތުގެ މަތިން އެފަދަ ތަންތަން ބަންދުކުރުމުގެ މަސައްކަތް ވެސް ކުރަމުންދާނޭ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

 

މަސްތުވާތަކެތި

Related News