ދިވެހި|English Jul 17, 2026 · 02:19
Top banner
Advertisement
ފޭދޫ ފިހާރައަކުން ވައްކަންކުރި، ހިތަދޫ ދެމީހަކު ހަައްޔަރުކޮށްފި
News

ފޭދޫ ފިހާރައަކުން ވައްކަންކުރި، ހިތަދޫ ދެމީހަކު ހަައްޔަރުކޮށްފި

މމުހައްމަދު އަލީJul 16, 2026

ސ. ފޭދޫ "ސިޓީ އޮޓޯ ގަރާޖު" ފިހާރައިން ވައްކަންކުރި ސ. ހިތަދޫ ދެމީހަކާއި އެމީހުން ވަގަށްނަގާފައިވާތަކެތި ހޯދައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ، ފޯޓްރެސް، އަޙްމަދު ފަރީދު (42އ) އާއި ސ. ހިތަދޫ، ހިންދޫރަމާގެ، ޙުސައިން ރަޝީދު (42އ) އެވެ. ފުލުހުން ވިދާޅުވީ އެމީހުން ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ތަކެތި، ފުލުހުން ހޯދާފައިވަނީ މައްސަލަ ހުށަހެޅުނުތާ 24 ގަޑިއިރު ތެރޭގައި ކަމަށެވެ.

އެފިހާރައިން ވައްކަންކުރި މައްސަލަ ގަން ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައިވަނީ ޖުލައި 13 ވަނަ ދުވަހުއެވެ. އެ މައްސަލަ ހުށަހެޅުމާއެކު ތުހުމަތުކުރެވޭ މީހުންނާއި ވަގަށް ނަގާފައިވާ ތަކެތި ހޯދުމުގެ މަސައްކަތް ފުލުހުން ފެށްޓެވިއެވެ.

އެ މައްސަލައިގައި ތުހުމަތުކުރެވޭ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މައްސަލަ ހުށަހެޅި ދުވަހު އިރުއޮއްސި 18:47 އެހައިކަންހާއިރު ސ. މަރަދޫއިންނެވެ. އެ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ ސައިކަލެއްގައި ދަނިކޮށް ހުއްޓުވައި ބަލައިފާސްކުރުމަށްފަހު ކަމަށް ފުުލުހުން ވިދާޅުވިއެވެ. އެ މީހުން ދުއްވި ސައިކަލުގެ މަޑިދަށުން ވައްކަން ކުރުމަށް ބޭނުންކުރި ކަމަށް ބެލެވޭ ދަތްދަގަނޑަކާއި ދަބަހެއް ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.  

މި ދެމީހުން ހައްޔަރު ކުރުމަށްފަހު ފުލުހުންވަނީ ހިތަދޫގައި އެމީހުން ދިރިއުޅޭ ގެތައް، ބަލައިފާސްކޮށްފައެވެ. އެ ފިހާރައިން ވަގަށް ނަގާފައިވާ އަގުބޮޑު ގިނަ ތަކެތި ފެނިފައިވަނީ އެ ގެތަކުން ކަމަށް ފުލުހުން ވިދާޅުވިއެވެ. ފެނުނު ތަކެތީގެ ތެރޭގައި 4 ކަރަންޓު ބުރުމާ، 1 ގްރޭންޑަރު، 1 ޓެބްލެޓް، 1 މޮބައިލް ފޯނު، ކަޓަރުތަކެއްގެ އިތުރުން އެ ފިހާރައިގެ ކޭޝް ޑްރޯވަރާއި ތަޅުދަނޑިތަކެއް ހިމެނޭ ކަމަށް ފުލުހުން ވިދާޅުވިއެވެ. މި ތަކެތި މިހާރު ވަނީ އޭގެ ވެރިފަރާތާ ހަވާލުކޮށްފައި ކަމަށް ވެސް ވަނި ވިދާޅުވެފައެވެ.  

ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ދެ މީހުންވެސް 13 ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ވައްކަން

Related News