އީރާނުގެ އުމްރާނީ ތަންތަނަށް އެމެރެކާއިން އިތުރު ހަމަލާއެއް ދީފިކަމަށްވާނަމަ އޭގެ ބަދަލު ނިކަން ވޭންގަދަކޮށް ހިފާނޭ ކަމަށް ކަމުގެ އިންޒާރު އީރާނުގެ އަސްކަރިއްޔާއިން ދީފިއެވެ.
ބްރިގޭޑިއަރ ޖެނެރަލް އަބުލްފަޒްލް ޝެކާޗީ ވިދާޅުވީ، އީރާނުން އޮތީ ހަނގުރާމައަށް ފުރިހަމައަށް ތައްޔާރަށް ކަމަށެވެ. އީރާނާ ދެކޮޅަށް ދުޝްމަނުން ދޭ ކޮންމެ ހަމަކާއަށް ވަރުގަދަ ރައްދެއް ދޭނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އިންފްރާސްޓްރަކްޗަރ އަށް ގެއްލުން ލިބިއްޖެ ނަމަ، މި ސަރަހައްދުގެ ހުރިހާ އިންފްރާސްޓްރަކްޗާއެއް ވެސް އަޅުގަނޑުމެންގެ އަމާޒަކަށް ވާނެ،" އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ
ދުޝްމަނުންނަށް އީރާނާއި އެގައުމުގެ އަސްކަރިއްޔާ ސުންނާފަތި ކޮށްލެވޭނޭނަމަ މިހާރުވެސް އެންމެ ގަޑިއިރަކަށް ވެސް އެވެރިން މަޑު ނުކުރާނޭ ކަމަށް ޖެނެރަލް ޝެކާޗީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެމެރިކާއަށާއި ޒަޔަނިސްޓް ސަރުކާރަށް މެދުއިރުމަތީގައި ތިބުމުގެ އެއްވެސް ހައްގެއް ނެތް ކަމަށެވެ. އެމެރިކާއާއި އިސްރާއީލުން ސަރަހައްދީ ގައުމުތަކަށް ނުފޫޒު ފޯރުވައި ނުރައްކާ ކުރަމުން ގެންދާތާ މިހާރު އެތައް އަހަރެއް ވެއްޖެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޖެނެރަލް ޝެކާޗީ ވިދާޅުވީ ހޮރްމޫޒް ކަނޑުއޮޅީގެ މައްޗަށް އިސްލާމީ ރިޕަބްލިކްގެ ސިޔާދަތު އޮތުމަކީ މުޅި ސަރަހައްދަށް އޮތް ރައްކާތެރިކަމެއް ކަމަށް ވިދާޅުވިއެވެ. އަދި ހޮރްމޫޒް ކަނޑުއޮޅިއާ މެދު އެމެރިކާ ގެންގުޅޭ ސިޔާސަތަށް ޖެހިލުންވެ ފަހަތަށް ނުޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.





