ދިވެހި|English Jul 17, 2026 · 17:43
Top banner
Advertisement
އެޗުޑީސީން މުވައްޒަފުން ވަކިކުރަނީ ޕީއެންސީގެ މަޖިލިސް މެންބަރުން ދީފައިވާ ލިސްޓަކަށް ބަލައިގެން: ފައްޔާޒު
News

އެޗުޑީސީން މުވައްޒަފުން ވަކިކުރަނީ ޕީއެންސީގެ މަޖިލިސް މެންބަރުން ދީފައިވާ ލިސްޓަކަށް ބަލައިގެން: ފައްޔާޒު

މމުހައްމަދު އަލީJul 15, 2026

އެޗުޑީސީގައި ވަޒީފާ އާދާކުރަމުންދިޔަ އެތައް ސަތޭކަ ބަޔަކު ވަޒީފާއިން ވަކިކުރަމުންދާ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

އެކަން ކުރަމުންދަނީ ވަޒީފާއާ ބެހޭ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފަށް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. ވަކިކުރަމުންދަނީ އެ ކުންފުނީގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން އެމްޑީޕީއަށް ތާއީދު ކުރާ މުވައްޒަފުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ސައުވީސް ގަޑިއިރުގެ ނޯޓިސް ވެސް ނުދީ އެމްޑީޕީއަށް ތާއިދުކުރާ އެތައް ސަތޭކަ މުވައްޒަފުންނަށް ވަނީ ވަޒީފާއިން ވަކިވުމަށް މަޖުބޫރުކޮށްފައި. ވަޒީފާތަކުން މީހުން ވަކިކުރުމުގައި ބަލާފައިވަނީ ޕީއެންސީގެ މަޖިލިސް މެންބަރުން ތައްޔާރުކުރި ލިސްޓަކަށް،" އޭނާ ވިދާޅުވެފައިވެއެވެ.

ވަކިކުރަމުންދާ މުވައްޒަފުންގެ ތެރޭގައި އެތައް އަހަރަކު ކުންފުންޏަށް ޚިދުމަތްކޮށްފައި ތިބި ގާބިލު މުވައްޒަފުން ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ. އެފަދަ މީހުން ވަކިކުރުމަށްފަހު އެމަގާމްތަކަށް ލަމުން ގެންދަނީ ސިޔާސީ އެކްޓިވިސްޓުން ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

"ސިޔާސީ ގޮތުން ޓާގެޓުކޮށް އެތައް އާއިލާއެއްގެ އާމްދަނީ ހުއްޓުވާލުމަކީ ދެވޭ ބޮޑު އަނިޔާއެއް. ކުންފުނިތައް ރައިޓް ސައިޒް ކުރުމުގެ ނަމުގައި ސަރުކާރުން ކުރަމުންދާ ހަމައެކަނި ކަމަކީ މުއިއްޒުއަށް ތާއިދުނުކުރާ މީހުން ވަކިކުރުން. މިކަމުގައި ބައިވެރިވާ މީހުންނާ ގާނޫނު އަރާ ހަމަކުރާނެ،" ފައްޔާޒު އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ވިދާޅުވެފައެވެ.

ފައްޔާޒު އިސްމާއީލް

Related News