ދިވެހި|English Jul 18, 2026 · 02:40
Top banner
Advertisement
އައިއާރުޖީސީން އެމެރިކާގެ މަތިންދާބޯޓުތަކެއް ހަލާކުކޮށްފި
World

އައިއާރުޖީސީން އެމެރިކާގެ މަތިންދާބޯޓުތަކެއް ހަލާކުކޮށްފި

މމުހައްމަދު އަލީJul 18, 2026

އުރުދުންގައި ހުންނަ އެމެރިކާގެ ފައިޓަރ ޖެޓްތަކާއި ތެޔޮ އަޅާ މަތިންދާބޯޓުތަކަށް ހަމަލާދީ ބޮޑެތި ގެއްލުންތަކެއް ދީފި ކަމަށް އިސްލާމިކް ރިވޮލިއުޝަން ގާޑްސް ކޯޕްސް (އައިއާރްޖީސީ) އިން ބުނެފިއެވެ.

 އައިއާރްޖީސީން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ މިއީ  "އޮޕަރޭޝަން ނަސްރު-2" ގެ 14 ވަނަ ރާޅާއި 15 ވަނަ ރާޅާއެކު ދީފައިވާ ހަމަލާތައް ކަމަށެވެ.

އޮޕަރޭޝަން ނަސްރު-2 ގެ 14 ވަނަ ރާޅަކީ އުރުދުންގައި ގާއިމްކޮށްފައިވާ އެމެރިކާގެ ފައިޓަރ ޖެޓްތަކާއި އޭރިއަލް ރިފިއުލިން މަތިންދާބޯޓުތަކަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށް އީރާން އަސްކަރިއްޔާއިން ވަނީ ބުނެފައެވެ. މިހަމަލާ ދިނުމަށް ބޭނުންކޮށްފައިވަނީ ބެލިސްޓިކް މިސައިލްތަކާއި ޑްރޯންތަކެއް ކަމަށް އީރާނުން ވަނީ ބުނެފައެވެ.

އެ އޮޕަރޭޝަންގެ ސަބަބުން އެމެރިކާގެ ގިނަ މަތިންދާބޯޓަކާއި ފައިޓަރ ޖެޓްތައް ހަލާކުވި ކަމަށް އީރާނުން ވަނީ ބުނެފައެވެ. އަދި ގިނަ އަދަދެއްގެ މަތިންދާބޯޓުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

އައިއާރްޖީސީގެ ބަޔާނުގައި ބުނެފައި ވަނީ އީރާނުގެ އަސްކަރިއްޔާއިން ކުވައިތުގެ ހިމާސް ލޯންޗަރާއި މިސައިލްތަކަށް ވެސް ހަމަލާ ދީފައިވާނޭ ކަމަށެވެ. އެއީ އޮޕަރޭޝަން ނަސްރު-2 ގެ 15 ވަނަ ރާޅު ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.

"އޮޕަރޭޝަން ނަސްރު-2" ގެ 15 ވަނަ ރާޅުގެ ސަބަބުން އެމެރިކާގެ ސްޕެޝަލް ފޯސަސް އާއި ކައުންޓަރ ރިވޮލިއުޝަނަރީސްގެ އެތައް ބަޔަކު މަރުވެފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

އެމެރިކާއީރާންހަނގުރާމަ

Related News