ދިވެހި|English Jul 29, 2026 · 02:21
Top banner
Advertisement
ސަޢުދީއަށް ހަމަލާދިން ކަމަށް ކުރާ ތުހުމަތު އިރާގުން ދޮގުކޮށްފި
World

ސަޢުދީއަށް ހަމަލާދިން ކަމަށް ކުރާ ތުހުމަތު އިރާގުން ދޮގުކޮށްފި

މމުހައްމަދު އަލީJul 28, 2026

ސަޢުދީ ޢަރަބިއްޔާގައި ހުންނަ ތެޔޮ އުފައްދާ މަރުކަޒުތަކަށް ދިން ޑްރޯން ހަމަލާތަކަކީ އިރާގުން ދިން ހަމަލާތަކެއް ކަމަށް ސަޢަދީ ޢަރަބިއްޔާ އިން ބުނާ ބުނުމަކީ ކަނޑައެޅިގެން ދޮގެއް ކަމަށް އިރާގުން ބުނެފިއެވެ. އަދި މިފަދަ ތުހުމަތުތަކެއް އިރާގަށް ކުރުމުން އެކަމާ އެގައުމުން ހިތާމަކުރާކަމަށް ވެސް

އިރާގުގެ މީޑިއާއިން ރިޕޯޓުކޮށްފައިވެއެވެ.

މިކަމާ ބެހޭގޮތުން އިރާގުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ސަޢުދީގެ އިރުމަތީ ޕްރޮވިންސާއި ވެރިރަށް ރިޔާދުގައި ހުންނަ ތެޔޮ އުފައްދާ ތަންތަނަށް ދިން ހަމަލާތަކުގެ އަސްލަކީ އިރާގު ކަމަށް ސަޢުދީން ތަކުރާރުކޮށް ތުހުމަތު ކުރުމަކީ ސަޢުދީން އިރާގަށް ނަފްރަތު ކުރާކަމުގެ ރަމްޒެއް ކަމަށެވެ.

ސަޢުދީން އީރާގަށް މިފަދަ ތުހުމަތެއްކުރީ ޔަމަނުން ސަޢުދީއަށް ދިން ހަމަލާތަކުގެ ރައްދު ނުދެވުމުން އެގައުމުގެ ނާކާމިޔާބީ ފޮރުވަން ކަމަށްވެސް އިރާގުން ވަނީ ބުނެފައެވެ.

އިރާގުގެ މުސްލިމް ޖަމާއަތުން ބުނެފައިވަނީ ސަޢުދީން އަމިއްލަ ނިކަމެތިކަން ފޮރުވަން އެހެން ގައުމުތަކުގެ ބޮލުގައި ތުހުމަތުތައް އެޅުވުމުގެ ބަދަލުގައި ޔަމަނުގެ ރައްޔިތުންނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި އަމިއްލަ ނަފުސާމެދު ވިސްނުން މާރަނގަޅުވާނޭ ކަމަށެވެ.

ސަޢުދީގެ އިރުމަތީ ޕްރޮވިންސާއި ރިޔާދުގައި ހުރި ތެޔޮ އުފައްދާ ތަންތަނަށް އަމާޒުކޮށް އިރާގުގެ އެތެރޭން ޑްރޯން ހަމަލާތައް ދީފައިވާ ކަމަށް ސަޢުދީގެ ދިފާއީ ވުޒާރާއިން ބުނުމުން އިރާގުގެ ބޮޑުވަޒީރު އަދި އާމްޑް ފޯސަސްގެ ކޮމާންޑަރ އިން ޗީފް އަލީ ފާލިހް އަލް ޒައިދީ ވަނީ އެކަން އިރާގުގެ ސަލާމަތީ އިދާރާތަކުގެ ސަމާލުކަމަށް ގެނެސްފައެވެ.

މިކަމާ ގުޅިގެން އިރާގުގެ އަސްކަރިއްޔާގެ ތަރުޖަމާން ސަބާހް އަލް ނުއުމާން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އިރާގު ސަރުކާރުން ދެމި އޮންނާނީ އަވަށްޓެރި ގައުމެއްގެ އުސޫލުތަކަށް ބޯލަނބާ ގައުމެއްގެ ގޮތުގައި ކަމަށެވެ. އަދި އިރާގުގެ ފަސްގަނޑު ބޭނުން ކޮށްގެން އެކުވެރި ގައުމުތަކާ ދެކޮޅަށް ހަމަލާ ދިނުމުގެ ފުރުސަތު ނުދޭނޭ ކަމަށްވެސް ބުނެފައިވެއެވެ.

އަލްނުއުމާން ވިދާޅުވީ ސަޢުދީގެ ތުހުމަތުތަކާ ގުޅިގެން މިހާރު ލިބެންހުރި ހެކިތަކާއި މައުލޫމާތުތައް ދިރާސާ ކުރަމުން އަންނަ ކަމަށެވެ. ތަހުގީގަށް ފަހު އެކަމުގައި ޝާމިލްވާ އެއްވެސް ފަރާތެއްވާނަމަ ގާނޫނީ ފިޔަވަޅު އަޅާނޭ ކަމަށް ވެސް ވަނީ ބުނެފައެވެ.

ސަޢޫދީން އިރާގަށް މި ތުހުމަތު ކޮށްފައި މިވަނީ، ސަޢޫދީ ޢަރަބިއްޔާގެ އެތެރޭގެ ނާޒުކު ސަރަޙައްދުތަކަށް ޔަމަނުގެ އަސްކަރިއްޔާއިން ހަމަލާތަކެއް ދީފައިވާ ކަމަށް ސަންއާގެ ކަމާބެހޭ ފަރާތްތަކުން އިޢުލާން ކޮށްފައިވަނިކޮށްނެވެ.

ޔަމަނުގެ އަސްކަރިއްޔާއިން ވަނީ އެގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަންދެން އޮޕަރޭޝަންތައް ކުރިއަށް ގެންދާނެ ކަމަށް ބުނެފަ އެވެ.

 

Related News