ދިވެހި|English Jul 29, 2026 · 02:20
Top banner
Advertisement
މާލޭގެ މަގުތަކަށް ކުނިއަޅާ މީހުން ހޯދަން އާންމުންގެ އެހީތެރިކަމަށް އެދިއްޖެފޮޮޓޯ މާލޭސިޓީކައުންސިލް
News

މާލޭގެ މަގުތަކަށް ކުނިއަޅާ މީހުން ހޯދަން އާންމުންގެ އެހީތެރިކަމަށް އެދިއްޖެ

މމުހައްމަދު އަލީJul 28, 2026

މާލޭގެ ހަވީރީހިނގުމުގައި ހުންނަ "ދަ ހެޕީ މެގު" ފިހާރަ ކައިރީއަށް ކުނިއަޅާފައި ހުއްޓާ ފެނުމުން އެކަންކުރި ބަޔަކު ހޯދުމުގެ މަސައްކަތްކަތް މާލޭސިޓީކައުންސިލުން ފަށައިފިއެވެ.

މާލޭގެ މަގުތަކަކީ އެންމެން ބޭނުންކުރާ ތަނަކަމަށާއި، އެހެންކަމުން މަގުތަކުގެ ސާފުތާހިރުކަން ގެއްލި އެހެން މީހުންނަށް އުނދަގޫވާގޮތަށް މަގުމައްޗަށް ކުނި އެޅުމަކީ މާލެ ސިޓީ ސާފުކޮށް ބޭއްވުމަށް އެޅޭ ވަރަށް ބޮޑު ހުރަހެއްކަމަށް ވެސް ކައުންސިލުން ވިދާޅުވެފައިވެއެވެ.

އެހެންކަމުން މާލެ ސިޓީގެ މަގުތަކަށް ކުނި އަޅާ ފަރާތްތައް ހޯދުމަށް ކައުންސިލުން ވަނީ އާންމުންގެ އެހީއަށް ވެސް އެދިފައެވެ.

"އެގޮތުން މަގުމައްޗަށް ކުނި އަޅާ ފަރާތެއް ފާހަގަކުރެވޭނަމަ، އެ ކަމުގެ ފޮޓޯ ނުވަތަ ވީޑިއޯ ކައުންސިލްގެ ހޮޓްލައިން ނަންބަރު 9341144 އަށް ފޮނުވައިދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ."

މާލެ ސިޓީއަކީ ސާފުތާހިރު ތަނެއްގެ ގޮތުގައި ބޭއްވުމަށް ޓަކައި ހުރިހައި ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށް ސިޓީކައުންސިލުން ވަނީ ވިދާޅުވެފައެވެ.

މަގުމައްޗަށް ކުނި އެޅުމުގެ މައްސަލައަކީ މާލޭގައި ބޮޑުވެފައިވާ މައްސަލައެއް ކަމަށާއި، މި ފަދަ ޢަމަލުތައް ކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ކައުންސިލުން މިހާރު ވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

 

Related News