ދިވެހި|English Jul 29, 2026 · 02:28
Top banner
Advertisement
ރައީސް ޑރ. މުއިއްޒުގެ ވާހަކަފުޅަށް ރައްދު ދެއްވަން ރައީސް ނަޝީދު ނުކުންނަވަނީކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއަރޕާސަން މުޙައްމަދު ނަޝީދު/ފޮޓޯ އެމްޑީޕީ
News

ރައީސް ޑރ. މުއިއްޒުގެ ވާހަކަފުޅަށް ރައްދު ދެއްވަން ރައީސް ނަޝީދު ނުކުންނަވަނީ

ޟޟަމްރަތު އަހްމަދުJul 28, 2026

ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅަށް ޖަވާބު ދެއްވަން ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއަރޕާސަން މުޙައްމަދު ނަޝީދު ތައްޔާރުވެ ވަޑައިގެންފިއެވެ.

ރައީސް ނަޝީދު އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރައީސް ޑރ. މުޢިއްޒުގެ ސްޕީޗަށް ރައްދު ނުވަތަ ޖަވާބު ދެއްވާނީ މާދަމާރޭ އެމްޑީޕީން ބާއްވާ ހަރުގެ ޖަލްސާގައި ކަމަށެވެ.

"މާދަމާރޭ (29 ޖުލައި) ގައި އޮންނަ ހަރުގެ ޖަލްސާގައި އަޅުގަނޑު ވާހަކަ ދައްކާނަން. ރައީސް ޑރ. މުއިއްޒުގެ މިނިވަން ދުވަހުގެ ސްޕީޗު އަށް ޖަވާބުދޭން،" ރައީސް ނަޝީދު ވިދާޅުވެފައިވެފައިވެއެވެ.

އިއްޒަތްތެރި ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިނިވަންދުވަހުގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅު އެއްބަޔަކަށް ވަރަށް ކަމުދިޔައެވެ. އަނެއްބަޔަކަށް ކަމުނުދިޔައެވެ.

ކުރީގެ މިނިސްޓަރ ރާޝީދާ ޔޫސުފު އެފްބީގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ "ރާއްޖޭގެ ތާރީޚުގައިވެސް މިނިވަން ދުވަހެއްގައި، ރާއްޖޭގެ އެންމެ އިސްވެރިޔާ މިހާ ހިތްދަތި ތަގުރީރެއް ނުދެއްވާ،" ކަމަށެވެ.  

ރާއްޖޭގެ ހާލަތު ހުރިގޮތް ކިތަންމެ ރަނގަޅަށް ބަޔާން ކޮށްދެއްވިޔަސް ވާހަކަފުޅުގެ ރާގުހުރީ ރައްޔިތުންނާ ދޭތެރޭ ވަރަށް ހިތްޕުޅު ހަމަނުޖެހޭ ގޮތަށް ކަމަށް އެކަމަނާ ވިދާޅުވެފައިވެއެވެ. އެހެން ކަމުން "އަޑު އަހަން ވަރަށް ދެރަވި. ހީވީ ޕާޓީ ޕޯޑިއަމެއްގައި ހުންނެވިހެން. ރައްޔިތުންނާ މުޚާތަބު ކުރެއްވިއިރު ލޮބުވެތި ރައިއްޔިތުން އުފަލުން، މިނިވަންކަމުގެ އިހްސާސް ކުރެވެން ޖެހޭނެ. އެއްވެސް ރައްޔިތަކު މިފަދަ ދުވަހެއްގައި، 'ވިކްޓިމައިޒް' ވާ ގޮތަށް އަޅުގަނޑުމެން ވަރަށް އިހްތިރާމް ކުރާ ވެރިއަކު ވާހަކަފުޅު ދެއްކެވީމާ، ގިނަ މީހުން މަޔޫސްވާގޮތް ވެދާނެ،" ރާޝިދާ ވިދާޅުވެފައިވެއެވެ.  

އެކަމަނާ ވިދާޅުވެފައިވަނީ މިނިވަންކަންމަތީގައި ރާއްޖެ ދެމެހެއްޓުމަކީ އެންމެންވެސް ބޭނުންވާނޭ ގޮތް ކަމަށެވެ.

މިނިވަންދުވަހުގެ ޖަލްސާގައި ރައީސް ދެއްކެވި ވާހަކަފުޅާ ބެހޭ ގޮތުން ކުރީގެ ސްޓޭޓު މިނިސްޓަރ މުޙައްމަދު ޠާރިގު (މަނަދޫ ޠާރިގު) ވިދާޅުވެފައިވަނީ "ރައީސުލްޖުމްހޫރިއްޔާ އެކިއެކި ރަސްމީ ޖަލްސާތަކުގައި ދައްކަވާ ވާހަކަފުޅާއި، ވަޒީރުންނާއި، ދައުލަތުގެ އިސްވެރިން ވާހަފުޅު ދައްކަވާގޮތާއި އެނޫން މީހުން ދައްކާ ވާހަކަ ތަފާތު ވާނޭ،" ކަމަށެވެ.

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ އާއި އެނޫންވެސް ޤައުމީ ގޮތުން ފާހަގަކުރާ ދުވަސްތަކުގެ ރަސްމީ ޖަލްސާތަކުގައި ދައްކަވާ ވާހަކަފުޅުތަކާއި، ވާހަކަފުޅު ދައްކަވާ ގޮތާއި ރާގުވެސް ތަފާތުވާނޭ ކަމަށް ޠާރީގު ވިދާޅުވެފައިވެއެވެ.

"ސިޔާސި ޕާޓީ ތަކުގެ ހަރުގެ ޖަލްސާއާއި ކަންމަތީ ބައްދަލުވުމާއި ބޮޑު ޖަލްސާގައި ވާހަކަ ދައްކާ ގޮތާއި ރާގުވެސް ތަފާތުވާނެ،" އޭނާ ވިދާޅުވެފައިވެއެވެ. އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރަސްމީ ޖަލްސާތަކުގައި ވާހަކަފުޅުދައްކަވާ ގޮތާއި ކޮމިޓީ ތަކުގައި ވާހަކަފުޅު ދައްކަވާ ގޮތާއި ސައިކޮޓަރިއާއި ކުޑަ ދޮށުގައި ވާހަކަފުޅު ދައްކަވާ ގޮތްވެސް ތަފާތުވާނޭ ކަމަށް ވިދާޅުވެފައިވެއެވެ.

އޭނާ ވިދާޅުވެފައިވަނީ ސިޔާސީ ޕާޓީތަކުގެ ޖަލްސާތަކުގައި ވާހަކަ ދައްކާގޮތަށް، ޤައުމީ ބޮޑެތި ޖަލްސާ ތަކުގައި ވާހަކަ ނުދައްކާވޭތޯ "އަޅުގަނޑުމެން ބަލަންވާނެ. އެއީ މި ގައުމުގެ އަބުރު ސަލާމަތް ކުރުމަށްޓަކައި،"

Related News