ދިވެހި|English Jul 29, 2026 · 19:39
Top banner
Advertisement
އީރާނުގެ ބޯޓަށް ހަމަލާދިނީ ގަސްތުގައި ނޫންކަމަށް ޔޫކްރޭނުން ބުނެފިއީރާނުގެ ފޮރިން މިނިސްޓަރު
World

އީރާނުގެ ބޯޓަށް ހަމަލާދިނީ ގަސްތުގައި ނޫންކަމަށް ޔޫކްރޭނުން ބުނެފި

މމުހައްމަދު އަލީJul 29, 2026

އެގައުމުން މިހެން ބުނެފައިވަނީ އީރާނުގެ ޚާރިޖީވަޒީރު އައްބާސް އަރަގްޖީ އާއި ޔޫކްރޭންގެ ފޮރިން މިނިސްޓަރ އެންޑްރީ ސިބިހާއާ ދެބޭފުޅުން ފޯނުން ދެއްކެވި ވާހަކަފުޅުގައެވެ.

އެ ފޯނުކޯލްކޮށްފައިވަނީ އަންގާރަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. އެ ކޯލަށްފަހު ޢައްބާސް އަރަގްޖީ ވިދާޅުވީ އީރާނުގެ މުދާ އުފުލާ ބޯޓަކަށް ޔޫކްރެއިން ސިފައިން ހަމަލާދިނީ ގަސްތުގައި ނޫންކަމުގެ ޔަގީންކަން ފޮރިން މިނިސްޓަރު ދެއްވި ކަމަށެވެ.

މި ހަމަލާއަށްފަހު އިތުރު ހަމަނުޖެހުމަކަށް ދާން ޔޫކްރޭނުން ބޭނުންނުވާ ކަމަށް އެގައުމުގެ ފޯރިން މިނިސްޓަރ އެންޑްރީ ސީބިހާ ވިދާޅުވި ކަމަށްވެސް ޢައްބާސް އަރަގްޖީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަސްލަހަތު ނަގާލައި އިތުރު އެއްވެސް ހަމަނުޖެހުމެއްގެ ތެރެއަށް ދާކަން އީރާނުން ވެސް ބޭނުންނުވާ ކަމަށެވެ. އެހެން ނަމަވެސް، އީރާނުގެ ރައްޔިތުންނާއި، ގައުމުގެ މަސްލަހަތުތަކަށް އެއްވެސް ހަމަލާއެއް ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަން ޔޫކްރޭނަށް ސާފުކޮށްދެއްވި ކަމަށް އަރަގްޖީ ވިދާޅުވިއެވެ. އެހެންނަމަވެސް މިކަމުގެ ބަދަލު ޔޫކްރޭނުން ދޭންޖެހޭނޭ ކަމަށް އެގައުމުގެ ފޮރިންމިނިސްޓަރަށް ދެންނެވި ކަމަށް ވެސް އަރަގްޖީ ވިދާޅުވިއެވެ.

 

Related News