ދިވެހި|English Sep 13, 2026 · 06:19
Top banner
Advertisement
އީރާނަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތަކެއް އެމެރިކާއިން އަޅައިފި
World

އީރާނަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތަކެއް އެމެރިކާއިން އަޅައިފި

މމުހައްމަދު އަލީJul 29, 2026

އީރާނަށް ދަތިކުރުމުގެ ގޮތުން އިތުރުފިޔަވަޅުތަކެއް އެމެރިކާއިން އަޅައިފި ކަމަށް އިރްނާއިން ބުނެފިއެވެ. އެގޮތުން އީރާނާ  ގުޅުން ހުރި ތެޔޮ އުފާލާ 8 ޓޭންކަރަކަށާއި 10 ކުންފުންޏަކާ ދެކޮޅަށް އެމެރިކާއިން ވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅައިފައެވެ.

އެމެރިކާގެ ބޭނުމަކީ ހޮރްމޫޒް ކަނޑުއޮޅި ބޭނުންކޮށްގެން އާމްދަނީ ހޯދުމުގެ ފުރުސަތު އީރާނަށް ގެއްލުވާލައި އިގުތިސާދު ކުރިއެރުވުމަށް އީރާނުން ކުރަމުންދާ މަސައްކަތްތައް ހުއްޓުވުމެވެ.

އެމެރިކާގެ ޓްރެޝަރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހުރްމުޒް ކަނޑުއޮޅި ހުރަސްކުރާ ކޮމާޝަލް އުޅަނދުފަހަރު މެރިޓައިމް އިންޝުއަރެންސް ގަންނަން ޖެހޭ ކަމަށް ބުނެ މަޖުބޫރުކުރާ ދެ ކުންފުންޏަކަށް ވެސް ފިޔަވަޅު އަޅާފައިވާ ކަމަށެވެ.

Related News