ދިވެހި|English Aug 10, 2026 · 14:04
Top banner
Advertisement
ގައުމެއް ކުރިއަރައިދާނީ ޒުވާނުންގެ އަޑުއަހައިގެން: ޝާހިދުއަބްދުﷲ ޝާހިދު
News

ގައުމެއް ކުރިއަރައިދާނީ ޒުވާނުންގެ އަޑުއަހައިގެން: ޝާހިދު

މމުހައްމަދު އަލީAug 10, 2026

އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ޝާހިދު މިހެން ވިދާޅުވީ، ސިޔާސީ މަސްރަޙާއި ސިޔާސަތުތަކުގެ ސަބަބުން ނިކުންނަ ނަތީޖާތަކާއި، ރާއްޖޭގެ މިހާރުގެ ޙާލަތާ ބެހޭގޮތުން ބައެއް ޒުވާނުންނާ ބައްދަލުކުރައްވައި، ޚިޔާލު ބަދަލުކުއްވުމަށްފަހުގައެވެ.

"ޤައުމެއް ކުރިއަރައިދާނީ ޒުވާނުންގެ އަޑު އަހައިގެން،" އޭނާ ވިދާޅުވެފައިވެއެވެ.

ޝާހިދު ވިދާޅުވެފައިވަނީ ޙާލަތު ބަދަލުކުރުމުގެ ވިސްނުމާއި ފިކުރާއި، ވައްޓަފާޅި އަދުގެ ޒުވާނުންގެ ކިބައިގައި އެބަހުރި ކަމަށެވެ. އޭގެ އިތުރުން ޒަމާނީ ވަސީލަތްތަކުގެ އެހީގައި ކަންކަން ކުރުމުގެ ހުނަރު ވެސް ޒުވާނުންގެ ހުންނަކަމަށް ވަނީ ވިދާޅުވެފައެވެ. ޒުވާނުންނާއެކު ބޭއްވި ބައްދަލުވުމުން ވެސް އެކަން އެނގިވަޑައިގެންނެވި ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

Related News