ދިވެހި|English Nov 8, 2026 · 21:09
Top banner
Advertisement
ރާއްޖެގެ އިގްތިސާދު މިއޮތީ ތިރީސްއަހަރު ފަހަތަށް ސޮއްސާލައިފައި: ފައްޔާޒުފައްޔާޒާއިި ޓީމް، ހއ. ދިއްދޫގައި/ފޯޓޯ އެސްއެމް
News

ރާއްޖެގެ އިގްތިސާދު މިއޮތީ ތިރީސްއަހަރު ފަހަތަށް ސޮއްސާލައިފައި: ފައްޔާޒު

މމުހައްމަދު އަލީNov 8, 2026

ރާއްޖޭގެ އިގްތިސާދު މިހާރު މިއޮތީ ގާތްގަނޑަކަށް ވިހި ނުވަތަ ތިރީސް އަހަރު ފަހަތަށް ސޮއްސާލައިފައި ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ހއ. ދިއްދޫގައި ރޭ ބޭއްވި ކެންޕޭން އިވެންޓެއްގައި ވާހަކަ ދައްކަވަމުންނެވެ.

"މި ފަސް އަހަރަކީ އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ރާއްޖެއަށް މިފަހަކުން އެންމެ ބޮޑެތި ގެއްލުން ލިބެމުންދާ ވަގުތު. އިގްތިސާދު މިއޮތީ ވިހި، ތިރީސް އަހަރަށް ސޮއްސާލައިފައި،" އޭނާ ވިދާޅުވިއެވެ. މިކަމުގެ ނޭދެވޭ އަސަރުތައް ކުރިއަށްއޮތް ދުވަސްތަކުގައި ފެންނާނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ ބޮޑުބަދަލުގެ އެންމެ ބޮޑު ބޭނުމަކީ މިކަންކަން މިހެން ވިޔަނުދީ ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދެއްވުން ކަމަށެވެ. "ބޮޑު ބަދަލުގެ އެންމެބޮޑު ބޭނުމަކީ ވެރިޔަކަށް އަންނަ މީހަކު އަމިއްލައަށް އޭނާގެ އަމިއްލަ މުދާގަނޑެއްގެ ގޮތުގައި ރާއްޖެއާމެދު ދެކި، ވަލިއްޔުލް އަމުރުވީމާ އޭނާ ބޭނުން ގޮތަކަށް ބޭނުން އެއްޗެއް އޭނާ މާނަ ކުރާގޮތަކަށް ބަދަލުވެގެން ނުދިޔުން،"

ފައްޔާޒު ވިދާޅުވީ ބޭނުންވަނީ ރައްޔިތުންނާއެކު އިށީނދެ ތިބެގެން ކަންކަން ހައްލު ކޮށްދެވޭނޭފަދަ ސަރުކާރެއް ކަމަށެވެ.

ފައްޔާޒު ހއ. އަށް ކުރައްވަމުން ގެންދަވާ މިދަތުރަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ރައްޔިތުންގެ ތާއީދު ހޯއްދަވަން ކުރައްވާ ދަތުރެކެވެ. އޭނާއަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނޭކަން އެންމެ ފުރަތަމަ އެމްޑީޕީން އިއުލާން ކުރެއްވި "ކެންޑިޑޭޓް" އެވެ. މީގެ ކުރީން ފައްޔާޒު ވަނީ މިފަދަ ދަތުރެއްގައި އައްޑުއަށް ވަޑައިގެންފައެވެ.

Related News