ދިވެހި|English Aug 10, 2026 · 14:09
Top banner
Advertisement
ރައީސްގެ ވައުދުފުޅާ އެއްގޮތަށް ކުޑަފަރީގައި ކުޑަކުދިންގެ ޕާކެއް ހުޅުވައިފި
News

ރައީސްގެ ވައުދުފުޅާ އެއްގޮތަށް ކުޑަފަރީގައި ކުޑަކުދިންގެ ޕާކެއް ހުޅުވައިފި

މމުހައްމަދު އަލީAug 10, 2026

ކުޑަކުދިންގެ ޕާކެއް ނެތް ކޮންމެ ރަށެއްގައި ޕާކެއް ޤާއިމްކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅުގެ ދަށުން ނ. ކުޑަފަރީގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކު ރަސްމީކޮށް ހުޅުވައިފިއެވެ.

މިއީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކޮށްގެން ތަރައްޤީކުރި ޕާކެކެވެ. ޕާކު ހުޅުވައިދެއްވީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ސާލިމާއި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޢަފީފް ޙުސައިނެވެ.

ކުޑަކުދިންގެ ޕާކު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ރާއްޖޭގެ 46 ރަށެއްގައި ޕާކްތައް ތަރައްޤީ ކުރުމަށް މިހާރުވަނީ 5 ކުންފުންޏަކާ ހަވާލުކޮށްފައެވެ. އެއީ ފެނަކަ ކޯޕަރޭޝަން، އެމްޓީސީސީ، އާރްޑީސީ، އެސްޓީއޯ، އެޗްޑީސީ އެވެ.

ޕާކުތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ދެ ބަޔަކަށް ބަހައިގެންނެވެ. އެއީ ފުރަތަމަ ބައިގައި 14 ރަށް އަދި ދެވަނަ ބެޗްގައި 32 ރަށެވެ.

 

Related News