ދިވެހި|English Aug 18, 2026 · 03:03
Top banner
Advertisement
އެއްބަސްވުން އޮތީ ކޯމާއެއްގައި، ދިރުވުންއޮތީ އެމެރިކާގެ އަތްމަތީގައި: އީރާން
World

އެއްބަސްވުން އޮތީ ކޯމާއެއްގައި، ދިރުވުންއޮތީ އެމެރިކާގެ އަތްމަތީގައި: އީރާން

ޟޟަމްރަތު އަހްމަދުAug 17, 2026

އިސްލާމްއާބާދުގެ އެއްބަސްވުން އޮތީ ކޯމާއެއްގައި ކަމަށާއި އަލުން ދިރުވުންއޮތީ އެމެރިކާގެ އަތްމަތީގައި ކަމަށް އީރާނުގެ ޚާރިޖީ ވުޒާރާގެ ލީގަލް އެފެއާޒް ޑައިރެކްޓަރ ޖެނެރަލް އައްބާސް ބާޤިރުޕޫރު ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ އެ އެއްބަސްވުމާ އެމެރިކާއިން ތަކުރާރުކޮށް ޚިލާފުވަމުންދިޔަސް އެއްބަސްވުން މަރުނުވާ ކަމަށެވެ. އެހެންނަމަވެސް އެ އެއްބަސްވުން އޮތީ "ކޯމާ" އެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ. މިކަމަށް ވޮޝިންގޓަނުން ގެންގުޅޭ ވިސްނުން ބަދަލުކޮށްފިނަމަ އެއްބަސްވުން އަލުން ދިރުވައި އާކުރެވިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ބާޤިރުޕޫރު ވިދާޅުވީ، އެއްބަސްވުން އަލުން ދިރިގެން އަންނާނޭ ވަގުތަކަށް ތެހެރާން އޮތީ ތައްޔާރަށް ކަމަށެވެ. ނަމަވެސް އެކަން ވާނީ އެމެރިކާއިން "އެއްބަސްވުންތަކާ ޚިލާފުވުމުގެ އާދަ" ދޫކޮށްލައި، ދަތިކުރުމުގެ ފިޔަވަޅުތައް ދޫކޮށްލައިގެން ކަމަށް ވެސް ވިދާޅުވިއެވެ.

"ޝައްކެއްވެސްނެތް ގޮތުގައި، އީރާން އޮތީ ކޮންމެ ފުރުޞަތަކަށް ނުވަތަ އިޚްތިޔާރަކަށްވެސް ތައްޔާރަށް،" ބާޤިރުޕޫރު ވިދާޅުވިއެވެ. "މި މަގުން ނަތީޖާއެއް ނުނުކުމެއްޖެނަމަ، އީރާނަކީ އަމިއްލަ ނަފްސު ސާބިތުކަމާއެކު ދިފާޢުކުރުމަށް ތައްޔާރަށް އޮތް ޤައުމެއްކަން ތަކުރާރުކޮށް ސާބިތުކޮށްދީފައިވާނެ." އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެމްއޯޔޫ އެކުލެވިގެންވަނީ މައިގަނޑު ތިން ބަޔެއްގެ މައްޗަށް ކަމަށެވެ. އެއީ ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ އަސާސީ އުޞޫލުތައް ކަށަވަރުކުރުމާއި، ދެފަރާތުގެ އިލްތިޒާމްތަކުގެ މައްޗަށް ބިނާކޮށް މަސްއޫލިއްޔަތުތަކާއި، ވައުދުތަކާއި، ޙައްޤުތައް ބަޔާންކުރުމާއި، ނެގޯޝިއޭޝަންތަކުގެ ދެން އޮތް މަރުޙަލާއަށް ގޮސް އެއްބަސްވުމަކަށް މަގުކޮށައިދިނުމެވެ.

ބާޤިރުޕޫރު ތަކުރާރުކޮށް ވިދާޅުވީ "ފުރަތަމަ ދުވަހުން،" ފެށިގެން ވެސް، އެމެރިކާއާއި އިސްރާއީލުން ގެންދަނީ މިއެއްބަސްވުމާ ޚިލާފުވަމުން ކަމަށެވެ.

 

Related News