ދިވެހި|English Nov 9, 2026 · 21:02
Top banner
Advertisement
ޣައްޒާގެ ގަތުލުއާންމާ ދެކޮޅަށް އެތައް ސަތޭކަ ބަޔަކު ނެދަލެންޑްސްގައި ހިނގާލުމެއް ބާއްވައިފި
World

ޣައްޒާގެ ގަތުލުއާންމާ ދެކޮޅަށް އެތައް ސަތޭކަ ބަޔަކު ނެދަލެންޑްސްގައި ހިނގާލުމެއް ބާއްވައިފި

މމުހައްމަދު އަލީNov 9, 2026

އަނިޔާވެރި އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ޖަރީމާތަކާ ދެކޮޅަށް ނެދަލޭންޑުގައި ހިނގާލުމެއް ބާއްވައިފިއެވެ. އެ ގައުމުގެ ވެރިރަށް އެމްސްޓަޑަމްގައި ބޭއްވި މި ހިނގާލުމުގައި ދެ ލައްކައަށްވުރެ ގިނަމީހުން ވަނީ ބައިވެރިވެފައި ކަމަށް ރިޕޯޓިކޮށްފައިވެއެވެ.

އެގައުމުގެ ސަރުކާރަށް އެފަރާތްތަކުން ގޮވާލާފައިވަނީ އިސްރާއީލުގެ ޖަރީމާތަކާ ދެކޮޅަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށެވެ. މީގެ އިތުރުން ބައިވެރިން ވަނީ ޣައްޒާގެ ގަތުލުއާންމު ކުށްވެރިކޮށް އަޑުއުފުލައިފައެވެ.

އާދީއްތަ ދުވަހުގެ ހިނގާލުމާ ބެހޭގޮތުން އަލްޖަޒީރާ އިން ބުނެފައިވާގޮތުގައި ބައިވެރިންވަނީ ފަލަސްޠީނުގެ ދިދަ ވިހުރައި "ފްރީ ފަލަސްޠީން" ފަދަ ޝުޢޫރުތައް ފާޅުކޮށްފައި ކަމަށެވެ. އަދި އެމީހުން ތިބީ ޣައްޒާގެ ރައްޔިތުންނާއިއެކު އެއްބައިވަންތަކަމާ އެކުގައި ކަމަށްވެސް ވަނީ ހާމަކޮށްފައެވެ.

ހިނގާލުމުގެ ބައިވެރިންވަނީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށާއި، އިސްރާއީލްގެ ހައްދުފަހަނައަޅާފައިވާ ސަރުކާރާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް ވަރުގަދަކުރުމަށް ގޮވާލާފައެވެ.

މީގެ އިތުރުން ރަހުމްކުޑަ ގައުމަށް ހަތިޔާރު ވިއްކުން ހުއްޓާލުމަށާއި، ޣައްޒާގައި އިސްރާއީލުން ހިންގަމުން ގެންދަނީ ގަތުއާންމެއްކަން ރަސްމީކޮށް ބަލައިގަތުމަށް ވެސް މުޒާރަހަރާގެ ބައިވެރިން ވަނީ ނެދަލެންޑް ސަރުކާރަށް ގޮވާލައިފައެވެ.

Related News