ދިވެހި|English Nov 4, 2026 · 08:50
Top banner
Advertisement
އިރާނާއި އެމެރިކާއިން ވެސް ދަނީ ހުށަހެޅުންތައް ދިރާސާކުރަމުން: ޤަތަރު
World

އިރާނާއި އެމެރިކާއިން ވެސް ދަނީ ހުށަހެޅުންތައް ދިރާސާކުރަމުން: ޤަތަރު

މމުހައްމަދު އަލީNov 4, 2026

އެގައުމުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މާޖިދު އަލް-އަންޞާރީ ވިދާޅުވީ ދެ ގައުމުން ވެސް މިހާރު ގެންދަނީ ހުށަހެޅުންތައް ދިރާސާކުރަމުން ކަމަށެވެ. މި ކަމަށް ސުލްހަވެރި ސިޔާސީ ހައްލެއް ހޯދުމަށް ސަރަހައްދީ ޤައުމުތަކުން ވެސް  ގެންދަނީ މަޝްވަރާކޮށް އީރާނާއި އެމެރިކާއަށް އެއްބާރުލުން ދެމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ކުރިމަތިވެފައިވާ މައްސަލައިގެ ދެފަރާތުގައި ތި ދެ ގައުމު ކަމަށްވާ އެމެރިކާއާއި އީރާނުގެ ދެމެދުގައިވާ މައްސަލަ ކުޑަކުރުމަށް ކުރާ މަސައްކަތްތައް އަދިވެސް އެބަ ކުރިއަށްދޭ،" ދޯހާގައި ހުންނަ އަލްޖަޒީރާ ޓީވީން އަންގާރަދުވަހު ގެނެސްދިން ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލް-އަންޞާރީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެއްބަސްވުމަކަށް އައުމަށް ހުށަހަޅާފައިވާ ހުށަހެޅުންތައް ވޮޝިންޓަނާއި ތަހްރާނުން ވެސް ދިރާސާކުރަމުންދާ ކަމަށެވެ. މި ނުތަނަވަސްކަން ނިމުމަކަށް ގެނައުމަށްޓަކައި ޤަޠަރުން ގެންދަނީ، ސަރަހައްދީ ބައިވެރިންނާއި ބައިނަލްއަޤްވާމީ މުޖުތަމަޢުއާ ގުޅިގެން ގާތުން މަސައްކަތް ކުރަމުން ކަމަށް ވެސް ތަރުޖަމާނު ވިދާޅުވިއެވެ. މިކަމަށް ހައްލެއް ހޯދައި އިތުރަށް ހަމަނުޖެހުން ބޮޑުވިޔަނުދިނުމަށް މަސައްކަތް ކޮށްދެއްވުމަށް ސަރަހައްދީ ލީޑަރުން ތިއްބެވީ ތައްޔާރަށް ކަމަށް ވެސް ތަރުޖަމާނު ވިދާޅުވިއެވެ.

އަންޞާރީ ވިދާޅުވީ މަޝްވަރާގެ މަގުގައި ދެމިތިބުމަށް އީރާނާއި އެމެރިކާގެ ފަރާތުން ވެސް އިތުބާރު ހިފޭ ކަންތައްތަކެއް ފެންނަމުންދާ ކަމަށެވެ. އިތުބާރު އައުކޮށް ސުލްހަ ގާއިމްކުރެވޭފަދަ އެއްބަސްވުމަކަށް އައުމަށް ދޯހާއިން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

 

Related News