ދިވެހި|English Nov 2, 2026 · 13:46
Top banner
Advertisement
ޣައްޒާއިން އަށްސަތޭކައަށްވުރެ ގިނަ މުދައްރިސުން ޝާހީދު ކޮށްލައިފި
World

ޣައްޒާއިން އަށްސަތޭކައަށްވުރެ ގިނަ މުދައްރިސުން ޝާހީދު ކޮށްލައިފި

އއަހުމަދު މުހައްމަދުNov 2, 2026

ފަލަސްޠީނުގެ ތަޢުލީމާބެހޭ އޮފިޝަލަކު ވިދާޅުވި ގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާގައި 800 އަށް ވުރެ ގިނަ މުދައްރިސުން ވަނީ ޝަހީދުކޮށްލާފައެވެ. އޭނާ ވިދާޅުވީ މުދައްރިސުންނަށް އަމާޒުކޮށް ހަމަލާދިނުމަކީ ފަލަސްޠީނުގެ ޖީލުތަކުގެ މުސްތަޤުބަލަށާއި، ތަޢުލީމާއި ދިރިއުޅުމުގެ ޙައްޤަށް ދެވޭ ޙަމަލާއެއް ކަމަށެވެ.

ފަލަސްޠީނުގެ މިނިސްޓްރީ އޮފް އެކޭޝަންގެ ޕަބްލިކް ރިލޭޝަންސްގެ ވެރިޔާ އަޙްމަދު އަލް-ނައްޖާރު އާދީއްތަ ދުވަހު ވިދާޅުވީ، ޣާޒާ ސްޓްރިޕްގައި އިސްރާއީލުގެ ފައުޖުތަކުން ތަޢުލީމީ މުވައްޒަފުންނަށް ދެމުން ގެންދާ ހަމަލާތައް އަދިވެސް ކުރިއަށްދާ ކަމަށެވެ.

ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ މުވައްޒަފުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކުގެ ތެރެއިން، ފާއިތުވި ދުވަސްތަކުގައި ވެސް އެތައް މުދައްރިސުންނެއް ޝަހީދުވެފައިވާ ކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ.

މިނިސްޓްރީން ހާމަކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްގޮތުން، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ފެށުނު ފަނަކުރަނިވި ހަނގުރާމައިން ފެށިގެން، ފިރިހެން އަދި އަންހެން މުދައްރިސުން ހިމެނޭހެން 800 އަށް ވުރެ ގިނަ މުދައްރިސުން ޝަހީދުވެފައިވާ ކަމަށެވެ. އަދި 3،300 އަށް ވުރެ ގިނަ މީހުންނަށް ވަނީ އެކިވަރުގެ އަނިޔާވެފައި ކަމަށް ވެސް ވިދާޅުވިއެވެ.

މި ޖަރީމާތައް ހުއްޓުވުމަށާއި، ޒިންމާވާ ފަރާތްތައް ޖަވާބުދާރީކުރުވުމަށާއި، އާންމުންނާއި ތަޢުލީމީ މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ބައިނަލްއަޤްވާމީ މުޖުތަމަޢާއި، އދ. ގެ އިދާރާތަކާއި، އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުން ވަގުތުން ފިޔަވަޅުތަކެއް އެޅުމަށް އެ މިނިސްޓްރީން ވަނީ ގޮވާލާފައެވެ.

 

Related News