ދިވެހި|English Oct 30, 2026 · 22:14
Top banner
Advertisement
މަޝްވަރާ ކުރުމަށް ގަތަރުގެ ވަފުދެއް އީރާނަށް ވަޑައިގެންފި
World

މަޝްވަރާ ކުރުމަށް ގަތަރުގެ ވަފުދެއް އީރާނަށް ވަޑައިގެންފި

އއަހުމަދު މުހައްމަދުOct 30, 2026

ގަތަރުގެ އިސް މަސްއޫލުވެރިން ހިމެނޭ ވަފުދެއް ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ތެހެރާނަށް ވަޑައިގެންފިއެވެ. މިއީ އެގައުމާއެކު މަޝްވަރާ ކުރުމަށް ވަޑައިގެންނެވި ވަފުދެއް ކަމަށް އީރާނުގެ އިރްނާ ނޫހުން ބުނެފައިވެއެވެ.

މި ވަފުދުގެ ވެރިއަކަށް ހުންނެވީ ގަތަރުގެ ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރުގެ ސީނިއަރ އެޑްވައިޒަރެކެވެ. ވަފުދުން މަޝްވަރާކުރާނީ އީރާނާއި އެމެރިކާއާ ދެމެދު ހުއްޓިފައިވާ މަޝްވަރާތައް އަލުން ފެށުމާ ބެހޭގޮތުންނެވެ. ގަތަރަކީ މި ދެގައުމު ސުލްހަ ކުރުމަށް މެދުވެރިއެއްގެ ބައިއަދާ ކުރާ ގައުމުތަކުގެ ތެރެއިން ގައުމެކެވެ.

އެމެރިކާއާއި އީރާން މިހާރުއޮތީ ކޮންމެ ވަގުތެއްގައި ވެސް ހަނގުރާމަ ފަށައިފާނޭ ހާލަތެއްގައެވެ. އެހެންނަމަވެސް ޓްރަމްޕް ވިދާޅުވަނީ އީރާނަށް ހަމަލާދީ ހަނގުރާމަ ކުރުމުގެ ވިސްނުމެއް ނެތްކަމަށެވެ. އެހެންނަމަވެސް އޭނާގެ ވާހަކައަށް އިތުބާރުކޮށް އީރާން ހިމޭންވެގަތުމަކީ އެގައުމަށް އެންމެ ރަނގަޅު ގޮތް ނޫންކަން އިރާނުގެ މަސްއޫލޫވެރިންނަށް އެނގިވަޑައިގަންނަވައެވެ. މި ދެގައުމުގެ ދެމެދު ހަނގުރާމައެއް ފެށުނަ ނުދިނުމަށް ޕާކީސްތާނުން ވެސް ގެންދަނީ މަސައްކަތް ކުރަމުންނެވެ.

ހަނގުރާމައިގެ އިތުރުން އީރާނާއި ގަތަރާ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާއި، ސަރަޙައްދީ ތަރައްޤީއާ ބެހޭ ގޮތުން ވެސް މި ދެގައުމުން މަޝްވަރާ ކުރާނެއެވެ.

 

Related News