ދިވެހި|English Oct 30, 2026 · 22:14
Top banner
Advertisement
އެމެރިކާގެ މަދަދާއެކު ހޮރުމުޒު ކަނޑު އޮޅި ހުރަސް ކުރަން އުޅުނު ދެ އުޅަނދަކަށް ހުރަސް އަޅައިފި
World

އެމެރިކާގެ މަދަދާއެކު ހޮރުމުޒު ކަނޑު އޮޅި ހުރަސް ކުރަން އުޅުނު ދެ އުޅަނދަކަށް ހުރަސް އަޅައިފި

އއަހުމަދު މުހައްމަދުOct 30, 2026

އެމެރިކާގެ މަދަދާއެކު ހޮރުމުޒު ކަނޑު އޮޅި ހުރަސް ކުރަން އުޅުނު ތެޔޮ އުފުލާ ދެ ޓޭންކަރު ހުއްޓުވައިފި ކަމަށް އައި.އާރު.ޖީ.ސީ. އިން ހުކުރު ދުވަހު ބުނެފިއެވެ. އައި.އާރު.ޖީ.ސީ. ބުނެފައިވަނީ މި ދެ އުޅަނދު މަސައްކަތްކުރީ ނެވިގޭޝަނާއި ޕޮޒިޝަނިންގ ގެ ހުރިހާ ނިޒާމުތަކެއް ނިވާލައިގެން (އެމެރިކާ އަސްކަރިއްޔާގެ އެހީތެރިކަމާއެކު) ކަނޑުއޮޅި ހުރަސް ކުރަން ކަމަށެވެ. އެކަން ކުރަން އުޅުނީ ވެސް ހުއްދަ ދީފައި ނުވާމަގަކުން ކަމަށް ވެސް ބުނެފައިވެއެވެ.

މިކަމާ ބެހޭ އިތުރު ތަފްސީލެއް އީރާނުން ދީފައެއް ނުވެއެވެ. މި ހާދިސާގައި އެއްވެސް އުޅަނދަކަށް ގެއްލުން ލިބުނުތޯނޫންތޯ ވެސް އީރާނުން ހާމަކޮށްފައެއް ނުވެއެވެ. އަދި ދެ އުޅަނދު ހުއްޓުވި ގޮތެއްވެސް ހާމަކޮށްފައެއް ނުވެއެވެ.

Related News